ރާއްޖެ ވޮލީ ޖޫނިއާ ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް ހުޅުވާލައިފި

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ރާއްޖެ ވޮލީ ޖޫނިއާ ޗެމްޕިއަންޝިޕް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކުރާ މި މުބާރާތް އޮންނާނީ ސެޕްޓެންބަރު 20ވަނަ ދުވަހުން ފެށިގެން 30ވަނަ ދުވަހަށް ޒުވާނުންގެ މަރުކަޒުގައެވެ. މުބާރާތް ކުރިއަށްދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަންގެ 14 އަހަރުން ދަށް ، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ކެޓަގަރީތަކެވެ. ‎މި މުބާރާތް އަމާޒުކޮށްފައިވަނީ ރަށު ކައުންސިލް އަދި ސިޓީ ކައުންސިލްތަކަށް ކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ. ކޮންމެ ރަށު ކައުންސިލަކުން ވެސް ބައިވެރި ކުރެވޭނީ އުމުރުފުރާއަކުން އަންހެން އެއް ޓީމު އަދި ފިރިހެން އެއް ޓީމެވެ. މީގެއިތުރުން ކޮންމެ ސިޓީ ކައުންސިލަކުން ބައިވެރިކުރެވޭނީ ކޮންމެ އުމުރުފުރާއަކުން ތިން ޓީމެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރު އެކެއްވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ