އެހެން ޖީލަކަށް ގުރުއާން ފޯރުކޮށްދިނުމަކީ ދެމިގެންދާ ސަދަގާތެއް: ޚުތުބާ

އުފަލެއް ކަމުގައި ދެކިގެން އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު އެހެން ޖީލަކަށް ގުރުއާން ފޯރުކޮށްދިނުމަކީ ދެމިގެންދާ ސަދަގާތެއް ލިބޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ، ކީރިތި ގުރުއާން ހިތުދަސްކުރުމުގެ މާތްކަމުގެ މައްޗަށެވެ. އެގޮތުން، ގުރުއާން ހިތުދަސްކުރުމަކީ ދުނިޔަވީ ހަޔާތާއި އުޚުރަވީ ހަޔާތުގައި އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. ގުރުއާން ހިތުދަސްކުރުމަކީ މަރުވުމަށް ފަހުގައި ވެސް އެ މީހެއްގެ ދަރަޖަމަތިވާނެ ކަމެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. މީހަކު މިސްކިތުގައި ގުރުއާން ކިޔަވަނީ: ގުރުއާން ހިތުދަސްކުރުމުގެ މާތްކަން ޚުތުބާގައި ހަނދާންކޮށްދިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ "أَيُّهُمْ أَكْثَرُ أَخْذًا لِلْقُرْآنِ؟" فَإِذَا أُشِيْرَ لَهُ إِلَى أَحَدِهِمَا قَدَّمَهُ فِي اللَّحْدِ). މާނައީ: "ހަމަކަށަވަރުން މާތްނަބިއްޔާ އުޙުދު ހަނގުރާމައިގައި ޝަހީދުވީ ބޭކަލުން އެއް ކަފުނެއްގައި ދެބޭކަލުން ކަފުންކުރެއްވިއެވެ. އަދި، ޙަދީޘްކުރައްވައެވެ. އެ ބޭކަލުންގެ ތެރެއިން ކީރިތި ގުރުއާން އެންމެ ބޮޑަށް ދެނެވަޑައިގަންނަވަނީ ކޮން ބޭކަލަކުހެއްޔެވެ؟ ފަހެ، އޭގެ ތެރެއިން ގުރުއާން ބޮޑަށް ދެނެވަޑައިގަންނަވާ ބޭކަލަކަށް އިޝާރާތްކުރެވުމުން އެ ބޭކަލަކު ކަށްވަޅުގައި ޤިބުލަޔާވީ ފަރާތަށް އިސްކުރައްވައެވެ،" ޚުތުބާގައިވެއެވެ. އެހެނިހެން އިލްމުތަކަށް ވުރެ ގުރުއާން ހިތުދަސްކުރުމަށް ފަސޭހަ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. މިގޮތުން، އުންމަތުގެ ސަލަފުންގެ ދުވަސްވަރުގައި ދަރިވަރުންނަށް ހަދީޘް އިލްމު އުނގަންނައިދެއްވުމުގައި ގުރުއާން ހިތުދަސްކުރުމަށް ލާޒިމުކުރެއްވި ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ގުރުއާން ހިތުދަސް ކުރުމުގައި ހިތުގެ އިޚުލާސްތެރިކަމާއި އުޚުރަވީ ހަޔާތުގައި ﷲގެ ހަޟުރަތުން ލިބޭނެ ނިއުމަތްތައް ހަނދާންކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އެ އިލްމު ހިތުދަސްކުރުމަށް ފަހު ގަވައިދުން މުރާޖާކޮށް، ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މީހަކު ގުރުއާން ކިޔަވަނީ: ރައްކާތެރިކަމާ އެކު، އެހެން ޖީލަކަށް ގުރުއާން ފޯރުކޮށްދިނުމުން ދެމިގެންދާ ސަދަގާތެއް ލިބޭ ކަމެއް ކަން މިއަދުގެ ޚުތުބާގައި ހަނދާންކޮށްދިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ "(تَعَاهَدُوْا هَـٰذَا الْقُرْآنَ، فَوَالَّذِيْ نَفْسُ مُـحَمَّدٍ بِيَدِهِ، لَـهُوَ أَشَدُّ تَفَلُّتًا مِنَ الْإِبِلِ فِيْ عُقُلِهَا). މާނައީ: "ތިޔަބައިމީހުން މި ޤުރްއާން މުރާޖަޢާކުރުންމަތީ ދެމިތިބޭހުށިކަމެވެ. ހަމަކަށަވަރުން، މުޙައްމަދުގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން، ބަނދެފައިވާ ޖަމަލު މޮހެލުމުން، އެސޮރު ފިލާންދާ ހަލުވި މިނަށް ވުރެ، (ޤުރްއާން މުރާޖަޢާ ނުކުރާ ނަމަ) އެ، ހިތްތަކުން ފިލައިގެންދިއުން އަވަސްކަންބޮޑެވެ." ޚުތުބާގައި ބުންޏެވެ. ގުރުއާން ރައްކާތެރިކުރާނެ މީހުންގެ ތެރޭގައި ތިބާ ހިމެނިފައިވާ ކަމަށާއި އެ އަމާނާތް ރައްކާތެރިކަމާ އެކު އެހެން ޖީލަކަށް ފޮރުކޮށްދިނުމަކީ އުފަލެއް ކަމުގައި ދެކުމަށް ޚުތުބާގައިވަނީ، ހަނދާންކޮށްދީފައެވެ. އެއީ، ދެމިގެންދާ ޞަދަޤާތެއް ލިބޭނޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. ހަމައެހެންމެ، ކީރިތި ޤުރްއާން ހިތުދަސްކުރި ކޮންމެ މީހަކަށް އެ ލިބޭ ދަރުމައިން އެއްވެސް މިންވަރެއް އުނިނުވެ، އެމީހަކަށް ލިބިލިބި ހުންނާނެ ކަމަށް ޚުތުބާގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ