ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރުގެ ފުރަތަމަ ހީޓުތަކުން ކުރިހޯދައި އެންމެ ފަހުގެ ޗެމްޕިއަން، އަލީ ހުޝްރުވާން އަހުމަދު (ކުޑައައްޔަ)، އަލީ ޖާވިދު (ޖާއްޓެ)، އާމިން އުމަރު މޫސާ އަދި އިޔަން އަހުމަދު ތިން ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
މިދިޔަ އަހަރުގެ އެންމެ މަތިން ބޮޑީބޯޑިން ލީގު ނިންމާލި އަށް އެތުލީޓުން މި މުބާރާތުގައި ވާދަކުރީ ރައުންޑް ދޭއްގެ ހީޓުތަކުގަ އެވެ.
އެގޮތުން ރައުންޑް ދޭއްގެ ފުރަތަމަ ހީޓުން އާމިން ކުރިހޯދީ 11.86 ސްކޯކޮށްގެންނެވެ. އާމިން އެންމެ މަތިން ސްކޯކުރި ފުރަތަމަ ރާޅުގައި އޭނާ ވަނީ 6.83 ސްކޯކޮށްފަ އެވެ. އަދި ދެން އޭނާ އެންމެ މަތިން ސްކޯކުރީ ހަތަރުވަނަ ރާޅުގަ އެވެ. އެ ރާޅުގައި އޭނާ ވަނީ 5.03 ސްކޯކޮށްފަ އެވެ.
މި ހީޓުގެ ދެ ވަނަ އަށް ދިޔަ އަޝްރަފް ހަސަން ވެސް ވަނީ ތިން ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އޭނާ ދެ ވަނަ އަށް ދިޔައީ 9.66 ސްކޯކޮށްގެންނެވެ. އަޝްރަފް، އެންމެ މަތިން ސްކޯކުރީ ދެ ވަނަ ރާޅު އަދި ހަތަރު ވަނަ ރާޅުގަ އެވެ. މި ދެ ރާޅުގައި ވެސް އޭނާ ވަނީ 4.83 ސްކޯކޮށްފަ އެވެ.
ޖާއްޓެ ތިންވަނަ ބުރުން ޖާގަ ހޯދީ ރައުންޑް ދޭއްގެ ހީޓު ދޭއްގައި ވާދަކޮށް ހީޓުގެ ދެވަނަ ހޯދައިގެންނެވ. މި ހީޓުން އެއްވަނަ ހޯދީ މުހައްމަދު ކައިފް އެވެ. އޭނާ ވެސް ވަނީ ތިންވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
ކައިފް އެއްވަނަ ހޯދީ 8.80 ސްކޯކޮށްގެންނެވެ. ކައިފް އެންމެ މަތިން ސްކޯކުރި ދެވަނަ ރާޅުގަ އޭނާ ވަނީ 4.67 ސްކޯކޮށްފަ އެވެ އަދި ހަތަރުވަނަ ރާޅުގަ އޭނާ ވަނީ 4.13 ސްކޯކޮށްފަ އެވެ.
ޖާއްޓެ ދެވަނަ އަށް ދިޔައީ، 8.73 ސްކޯކޮށްގެންނެވެ. މިދިޔަ އަހަރުގެ ބޮޑީބޯޑިން ލީގު ކާމިޔާބުކުރި ޖާއްޓެގެ ފުރަތަމަ ރާޅުން އޭނާ ވަނީ 4.50 ސްކޯކޮށްފަ އެވެ. އަދި ދެވަނަ ރާޅުގަ 4.23 ސްކޯކުރި އެވެ.
ރައުންޑް ދޭއްގެ ތިން ވަނަ ހީޓުން އެއް ވަނަ ކުޑަ އައްޔަ ހޯދީ 9.67 ސްކޯކޮށްގެންނެވެ. މި ހީޓުގެ ދެ ވަނަ އަށް ދިޔައީ އަސްވަން މުހައްމަދު އެވެ. އޭނާ އަށް ސްކޯކުރެވުނީ ޖުމްލަ 7.70 އެވެ.
ކުޑަ އައްޔަގެ ފުރަތަމަ ރާޅުގަ އޭނާ އަށް 4.17 ސްކޯކުރެވުނުއިރު، ތިން ވަނަ ރާޅުގައި ވަނީ 5.50 ސްކޯކޮށްފަ އެވެ.
އަސްވާންގެ ދެ ވަނަ ރާޅުން އޭނާ 4.10 ސްކޯކުރިއިރު، ހަތަރުވަނަ ރާޅުގަ 3.60 ސްކޯކުރި އެވެ.
ދެ ވަނަ ރައުންޑްގެ ފަހު ހީޓު ކާމިޔާބުކުރީ އަހުމަދު ނަޒްމީން (ލޯބި) އެވެ. މި ހީޓުގެ ދެ ވަނަ އަށް ދިޔައީ އިޔަން އަހަމަދު އެވެ. މި ދެ އެތުލީޓުން ވެސް ވަނީ ތިން ވަނަ ބުރަށް ދަތުރުކޮށްފަ އެވެ.
ހީޓު ހަތަރެއްގެ އެއް ވަނަ ނަޒްމީން ހޯދީ 9.00 ސްކޯކޮށްގެންނެވެ. ނަޒްމީން އެންމެ މަތިން ސްކޯކުރީ ދެ ވަނަ ރާޅުގަ އެވެ އެ ރާޅުގައި އޭނާ ވަނީ 6.17 ސްކޯކޮށްފަ އެވެ. އަދި ތިން ވަނަ ރާޅުގައި 2.83 ސްކޯކުރި އެވެ.
ހީޓުގެ ދެ ވަނަ ހޯދި އިޔަން އަށް 7.17 ސްކޯއެއް ލިބުނެވެ. މި ހީޓުގައި އިޔަން އެޅީވެސް އެންމެ ދެ ރާޅެވެ. އޭނާގެ ފުރަތަމަ ރާޅުގައި 3.67 ސްކޯކުރި އެވެ. އަދި ދެ ވަނަ ރާޅުގައި 3.50 ސްކޯކުރި އެވެ.
ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް: ކުޑަ އައްޔަ، ޖާއްޓެ، އާމިން އަދި އިޔަން ތިން ވަނަ ބުރަށް ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް: ކުޑަ އައްޔަ، ޖާއްޓެ، އާމިން އަދި އިޔަން ތިން ވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ