ޝަހީމް އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަނީ

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.ޝަހީމް އެންމެ ފުަރަތަމަ ސިޔާސީ މަސައްކަތް ފެއްޓެވި އަދާލަތު ޕާޓީން އޭނާ ވަކިވެވަޑައިގަތީ 2017 ވަނަ އަހަރު އެވެ. އޭރު އޭނާއަކީ އެ ޕާޓީގެ އެއް މުއައްސިސެވެ.އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަން ހާމަކުރެއްވީ މިއަދު އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެެވެ."މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ،" މި ސަރުކާރު ދިފާއު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ޝަހީމް ވިދާޅުވި އެވެ.އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ޝަހީމް މަސައްކަތް ކުރެއްވި އެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން އެ ޕާޓީގެ އެޑްވައިޒަރުގެ މަގާމާ ވެސް ފުރުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ