"ސޭފްޓީ އެންޑް ހެލްތް ޑޭ"އާއި ގުޅިގެން މިނިސްޓްރ ޢަލީ ހައިދަރު ޚިތާބުދެއްވަވައިފި

ބައިނަލްއަޤްވާމީ މަސައްކަތުގެ މައިދާނުގެ ރައްކާތެރިކަމާއި ބެހޭ ދުވަހާއި ގުޅިގެން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ޚިތާބުދެއްވަވައިފައެވެ.
ކޮންމެ އަހަރެއްގެ ވެސް 28 އޭޕްރީލް ވަނަ ދުވަހު "ސޭފްޓީ އެންޑް ހެލްތް ޑޭ" ނުވަތަ މަސައްކަތުގެ މައިދާނުގެ ރައްކާތެރިކަމާއި ބެހޭ ދުވަސް ފާހަގަކުރެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ މަސައްކަތުގެ މާޙައުލަކީ ރައްކާތެރި މާހަޢުލެއްކަން ކަށަވަރުކުރުމަށް ޤާނޫނު ނަންބަރު 2/2024 އާއި އެ ޤާނޫނުގެ ދަށުން އެކުލައިވަލަން ޖެހޭ ޤަވާޢިދު އެކުލަވައިލުމާއެކު، މި ޤާނޫނަށް ޢަމަލީ ސިފަ ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް މިނިސްޓަރ ޑރ.ހައިދަރު ވަނީ އެމަކުފާނުގެ ޚިތާބުގައި އަލިއަޅުވާލައިފައެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ ރައްކާތެރި އަދި ދުޅަހެޔޮ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ނިޒާމެއް މުވައްޒަފުންނަށް ޤާޢިމުކޮއްދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވައިފައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އަންނަނީ ޤާނޫނު ނަންބަރު 2/2024ގެ ޤާނޫނާއި އެ ފަދަ އެހެނިހެން ޤާނޫނުތަށް މެދުވެރިކޮށް، ވަޒީފާ ޢަދާކުރާ ފަރާތްތަކުގެ ހައްޤުތަށް ހިމާޔަތްކުރުމަށް ލޯކަލް ކައުންސިލްތަކާއި ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް އެޑްވައިޒަރީ ކައުންސިލްގެ އިތުރުން ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) މެދުވެރިކޮށް އެތަށް މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ