އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ

މި ފެށޭ 2024 ވަނަ އަހަރުގެ ކޮންމެ ދުވަހަކީ ވެސް، ފެމިލީ ކޯޓުން ކައިވެނިކޮށްދޭނެ ދުވަސްތަކެއްކަމަށް އެ ކޯޓުން ބުނެފިއެވެ.
އެ ކޯޓުން ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭގޮތަށް ހަމަޖެހިފައިވާއިރު، އެ ކޯޓުން ކައިވެނިކޮށްދޭނެ ހާއްސަ ގަޑިތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ކޯޓުގައި ކުރާ ކައިވެނިތައް، ހަފްތާގެ ކޮންމެ ދުވަހެއްގެ ވެސް ތިން ދަންފަޅިއެއްގައި ކޮށްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އެއީ ހެނދުނުނަމަ 9:00 އިން 11:30 އާ ދެމެދު، މެންދުރު ނަމަ، 13:00 އިން 13:30 އާ ދެމެދު، އަދި 15:00 އިން 21:00 އާ ދެމެދުއެވެ.
ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް، ހަފުތާގެ ކޮންމެ ދުވަހެއްގެ: 15:00 އިން 21:00 އާ ދެމެދު ކޮށްދޭން ހަމަޖައްސާފައިވާކަމަށް ވެސް ފެމިލީ ކޯޓުގެ އިއުލާނުގައި ވެއެވެ.
އެ ކޯޓުން ބުނީ ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑި ހަމަޖައްސާނީ އެކަމަށް އެދި ހުށަހެޅުމުން، ހުށަހަޅާ ފަރާތްތަކާއި ކޯޓުގެ ވަގުތުތަކަށް ރިއާޔަތްކޮށްފައި ކަމަށެވެ.
އަދި އަންނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނިކޮށްދޭނެ ގަޑިތައް ކޯޓުން ފަހުން އިއުލާނު ކުރާނެ ކަމަށް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ