ފެމިލީ ޑެންޓަލް ކެއާގެ ހާއްސަ ޕްރޮމޯޝަން: ހުރިހާ ހިދުމަތަކުން 35 ޕަސެންޓު ޑިސްކައުންޓު!

ދަތުގެ އެކި އެކި ފަރުވާތަކަށް ހާއްސަ "ފެމިލީ ޑެންޓަލް ކެއާ" އިން ބޮޑު ޑިސްކައުންޓްތަކަކާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި މަހުގެ 28 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން އެ ކްލިނިކުންދޭ ހުރިހާ ފަރުވާއަކުން 35 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން، ކޮންސަލްޓޭޝަން މުޅިން ހިލޭ ލިބޭނެ ކަމަށް ވެސް އެ ކްލިނިކުން ބުނެ އެވެ. 
މި ޕްރޮމޯޝަނުގެ ދަށުން ދަތް ސާފުކުރުމާއި ޕޮލިޝްކުރުން އެންމެ 449 ރުފިޔާއިން ފެށޭއިރު، ދަތް ހުދުކުރުމުގެ ފަރުވާ އެންމެ 1499 ރުފިޔާ އަށް ލިބެ އެވެ.
މި ހިދުމަތްތައް ހޯދުމަށް އެޕޮއިންޓްމަންޓް ހެދުމަށް 7954089 ނަންބަރަށް ގުޅުއްވާށެވެ. 
ފެމިލީ ޑެންޓަލް ކެއާ ހުންނަނީ މާލޭގެ ނިރޮޅުމަގުގައި ހުންނަ ގ. ސަންއީސްޓް ގަ އެވެ. މި ޕްރޮމޯޝަނަކީ ދަތުގެ ސިއްހަތަށް ސަމާލުކަންދޭ ފަރާތްތަކަށް، ހެޔޮ އަގުގައި ފެންވަރު ރަނގަޅު ފަރުވާ ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ