ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ވެރިކަމެއްގައި، މޫނު ބުރުގާ އަޅައިގެން ސްކޫލްތަކުގައި ކިޔަވައިދީ، ވަޒީފާ ވެސް އަދާ ކުރެވޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމް މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނުގައި ނ.ހެނބަދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.
”އަޅުގަނޑުމެންގެ ވެރިކަމެއްގައި މަސައްކަތް ކުރާނީ، އިސްލާމީ އުސޫލުތަކުގައި ހިފަހައްޓައިގެން މަސައްކަތްތައް ކުރުމުގެ ތަރުބިއްޔަތު ދޭން.“
އޭނާ އިތުރަށް ވިދާޅުވީ ރާއްޖެ އަކީ ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއް ކަމަށާއި، ޑިމޮކްރަސީގެ އުސޫލުގެ ތެރެއިން ހެދުން އެޅުމުގައި އެމީހެއްގެ އަމިއްލަ މިނިވަންކަން އޮތަސް، ރާއްޖެ ފަދަ އިސްލާމީ ގައުމެއްގައި އިސްލާމް ދީނުގައިވާ ގޮތަށް ހެދުން އެޅުމަކީ ރިވެތި ސިފައެއް ކަމަށެވެ.
ނަމަވެސް، މޫނު ބުރުގާ އަޅަން އަންހެނުންނަށް މަޖުބޫރު ނުކުރާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވާ ދެވޭނެ، ވަޒީފާ ވެސް އަދާ ކުރެވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ