އަންނަ އާދީއްތަ ދުވަހު ބާެއްވާ އާންމު އިންތިހާބުގައި ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު އަބީސިތު ވެޖާޖީވާ ވާދަ ކުރައްވަން ނިންމަވައި ކެމްޕެއިން ފައްޓަވައިފި އެވެ.
"ވަރަށް އުފާވެއްޖެ އަލުން ފެނުމުން،" އޮކްސްފޯޑުން ތައުލީމު ހާސިލުކުރައްވާފައިވާ އިކޮނޮމިސްޓާ މެދު ވޯޓުލާ މީހުންގެ އިހްސާސްތައް ފާޅު ކުރަަމުން ނޫޑްލްސް ވިއްކާ މީހަކު ބުންޏެވެ.
އަބީސިތު ސިޔާސީ މައިދާނަށް އަލުން އެނބުރި މި ނުކުންނެވީ ކުރިން އެނގުމަކާ ނުލަ އެވެ.
އަބީސިތުގެ އެނބުރި ކެމްޕޭނަށް ވަޑައިގަތުމާ އެކު، އޭނާގެ ޑިމޮކްރެޓިކް ޕާޓީއަށް އަލުން ވަނީ ދިރުން ލިބިފަ އެވެ.
"އަހަރެން ބޭނުން ވަނީ ޕާޓީ އަލުން އިއާދަ ކުރަން،" އަބީސިތު، 61، ރޮއިޓާސްއަށް ވިދާޅުވި އެވެ.
"އާންމުންނާ ބައްދަލުވާ ކޮންމެ ފަހަރަކު އެ މީހުންގެ ނުތަނަވަސްކަން ހުރޭ، ވޯޓުލާނެ ތަފާތު މޫނުތައް ނުފެންނާތީ،" އަބީސިތު ވިދާޅުވި އެވެ.
ސަރުކާރުގެ މުވައްޒަފެއް ކަމަށްވާ ޔުއްޓަޕޫމް ރަޓަނަމަނީ ބުނީ އޭނާ އަކީ ޑިމޮކްރެޓިކް ޕާޓީއަށް ތާއީދު ކުރާ މީހެއް ކަމަށާއި އޭނާގެ އާއިލާގެ ހަތަރު މީހުންގެ ވޯޓު ދޭނީ އޭނާއަށް ކަމަށެވެ.
"އަބީސިތު ފޭއަށް ޖެހުމުން ޕާޓީއަށް ވެރިކަން ގެއްލުނީ ލީޑާޝިޕަށް ރައްޔިތުން އިތުބާރު ނުކުރާތީ،" ރަޓަނަމަނީ، 37، ބުންޏެވެ.
"އަބީސިތު އަކީ ގާބިލު އަދި ތެދުވެރި ބޭފުޅެ."
ތައިލެންޑުގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، ޑިމޮކްރެޓިކް ޕާޓީއަކީ 2014 ވަނަ އަހަރު އަސްކަރީ ބަގާވާތަށް ފަހު ބެންކޮކްގައި ބާރުގަދަ ޕާޓީއެކެވެ.
ނަމަވެސް ހިޔާލު ހޯދުމުގެ ސާވޭތަކުން ދައްކާ ގޮތުގައި އަބީސިތު ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ބޭނުންވާ އަދަދަކަށް އޭނާއަކަށް ތާއީދެއް ނެތެވެ.
ބުރާފާ ޔުނިވަސިޓީގެ ޕޮލިޓިކަލް ސައިންޓިސްޓް، އޮލާން ތިންބަންގްޓިއޯ ވިދާޅުވި ގޮތުގައި އޭނާ ވަނީ އޭނާގެ ޕާޓީއަށް ކޮންޒަވޭޓިވް ވޯޓަރުން އަނބުރާ ހޯދުމުގައި އެހީތެރިވެދީފަ އެވެ.
އަބީސިތު ވަނީ 2008 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް ބޮޑުވަޒީރު ކަމުގެ މަގާމު އަދާ ކުރައްވައިފަ އެވެ. ނަމަވެސް ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާގެ ތާއީދާ އެކު ހިންގާ "ރެޑް ޝާޓް" މަގުބޫލު މޫވްމަންޓުން އޭނާއާ ދެކޮޅަށް މަގުމަތީގައި މުޒާހަރާ ކޮށްފަ އެވެ.
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު އަބީސިތު އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ