އުރީދޫއިން އާ އަހަރަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި

އުރީދޫ މޯލްޑިވްސް އިން 2026 ވަނަ އަހަރު އައުން ފާހަގަ ކުރުމަށްޓަކައި ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.އާ އަހަރާ ދިމާކޮށް އުރީދޫއިން ތައާރަފްކުރި އޮފާތައް:ޕްރީޕެއިޑް ނިއު އިޔާ ޕެކް: 1.5 ޖީބީ ޑޭޓާ އާއި 26 ލޯކަލް މިނިޓް 26ރ. އަށް. މިއީ ތިން ދުވަހުގެ ވެލިޑިޓީއާއެކު ތައްޔާރުކުރެވިފައިވާ ޕެކެއް.އާޗާ ޕްރީޕެއިޑް ޕްލޭން - 1 އަހަރު ވަންދެން ދުވާލަކު ދެ ޖީބީ: 2،026ރ. އަށް ޖުމްލަ 730 ޖީބީގެ މި ޕްލޭންގެ ދަށުން އަންލިމިޓެޑް އުރީދޫގެ ކޯލްތަކާއި، ދުވާލަކު އެއް ޖީބީ ރެގިއުލާ ޑޭޓާ އަދި ދުވާލަކު އެއް ޖީބީ ޓިކްޓޮކް ޑޭޓާ ލިބޭނެ.އާޗާ 6 މަސްދުވަހުގެ ޕްލޭން: ހަ މަސް ދުވަހަށް ދުވާލަކު 5.5 ޖީބީ، 2،026ރ. އަށް. މީގެ ތެރޭގައި މުޅިއަކު 990 ޖީބީ ޑޭޓާ، އަންލިމިޓެޑް ކޯލް، ޑެއިލީ ރެގިއުލާ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑް ވައިބާ ޑޭޓާ ހިމެނޭނޭ.އާޗާ ޕްރީޕެއިޑް ޕްލޭން - ތިން މަސް ދުވަހަށް ދުވާލަކު ތިން ޖީބީ: މި ޕްލޭންގެ ދަށުން 1،100ރ. އަށް ތިން މަހަށް މުޅިއަކު 270 ޖީބީ ލިބޭނެ. މީގެ ތެރޭގައި ދުވާލަކު ތިން ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫގެ ކޯލް، ޑެއިލީ ރެގިއުލާ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑް ވައިބާ ޑޭޓާ ހިމެނޭ.އަންލިމިޓެޑް ސޯޝަލް ޑޭޓާ ޕެކް: ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެއްވެސް ލިމިޓަކާ ނުލައި ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ އެންމެ 25ރ. އަށް އެއް ދުވަހުގެ ވެލިޑިޓީއަކާއެކު. މި ޑޭޓާ ބޭނުން ކުރެވެނީ ވަކި އެޕް ތަކަކަށް.ޓިކްޓޮކް ސުޕަޑީލް: މެދުނުކެނޑި ޓިކްޓޮކް ބެލުމަށް ކަސްޓަމަރުންނަށް 28 ދުވަހުގެ މުއްދަތަށް ފަސް ޖީބީގެ ޓިކްޓޮކް ޑޭޓާ ހިލޭ ލިބޭނެ. އުރީދޫ ސުޕާއެޕްގެ ސުޕަޑީލް ސެކްޝަން އިން މި އޮފަރ ރިޑީމް ކުރެވޭނެ.އުރީދޫ އިން ބުނީ އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް މި ހުރިހާ އޮފާތަކެއް ލިބެން ހުންނާނެ ކަމަށެވެ. އަދި އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް އަވަސް އަދި ފަސޭހަކަމާއެކު އެކްޓިވޭޓް ކުރެވޭނެ ކަމަށްވެސް އުރީދޫން ވަނީ ބުނެފަ އެވެ.އާ އަހަރުގެ އޮފާތަކާއެކު އުރީދޫ މޯލްޑިވްސްގެ އަމާޒަކީ މުވާސަލާތީ ވަސީލަތްތަކުގެ ޒަރިއްޔާއިން ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ހޯދައިދީ 2026 ވަނަ އަހަރު ވެސް ގުޅުންތައް ބަދަހި ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ