9903 ފަތުރުވެރިންނާއެކު، މި އަަހަރު އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިއްޔެ
އިއްޔެ އަކީ އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން މި އަހަރު ރާއްޖެ އައި ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ވަނީ ޖުމްލަ 9،903 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. މި އަދަދާ ގާތްކުރާ މިންވަރަކަށް ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހެވެ. އެ ދުވަހު 9،613 ފަތުރުވެރިން އައެވެ. އަދި އެއާ ގާތްކުރާ އަދަދަކަށް، މިދިޔަ ހޮނިހިރު ދުވަހު އެ ދުވަހު 9،584 ފަތުރުވެރިން ރާއްޖެ އައެެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހު، އިއްޔެ ނިޔަލަށް 201،637 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ. ޖުމްލަ 2،223،698 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރާތްކޮށްފައެވެ.މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރީ ޕީކް ސީޒަންގެ ތެރެއަށް އަންނަ ޖެނުއަރީ މަހެވެ. އެ މަހު 214،863 ފަތުރުވެރިން ރާއްޖެ އައެވެ. ރާއްޖެ އައީ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ދިޔައީ ރިސޯޓުތަކަށެވެ. ރިސޯޓުތަކަށް 1،632،340 ފަތުރުވެރިން ދިޔައިރު، ގެސްޓް ހައުސްތަކުން 484،667 ފަތުރުވެރިން ޚިދުމަތް ހޯދިއެވެ. އަދި ސަފާރީތަކަށް 46،865 ފަތުރުވެރިން ދިޔައިރު، ހޮޓެލްތަކަށް 57،852 ފަތުރުވެރިން ދިޔައެވެ. އެހެނިހެން ތަންތަނުން ޚިދުމަތް ހޯދީ 1،974 ފަތުރުވެރިންނެވެ. ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ މާކެޓުތަކަށް ބަލާއިރު، 328،876 ފަތުރުވެރިންނާއެކު މާކެޓުގެ 14.8 ޕަސެންޓު ހިއްސާއާއެކު އެއްވަނައިގައި އޮތީ ޗައިނާއެވެ. ދެވަނައިގައި ރަޝިއާ އޮތްއިރު ތިންވަނައިގައި އުޅެނީ އިނގިރޭސިވިލާތެވެ. https://sun.mv/215946 އިއްޔެއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެންމެ ގިނަ ބަޔަކަށް ޚިދުމަތް ދިން ދުވަހެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށިފައިވާއިރު، މިހާރު ވީއައިއޭގެ އޭޕްރަންތައް އެކި އެއާލައިންތަކުގެ ބޯޓުތަކާއެކު އޮތީ ފުރިފައެވެ. އަދި ޕްރައިވެޓް ޖެޓުތައް ވެސް ވެސް ޕާކުކޮށްފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ