22 ދުވަސް ތެރޭ 96 މަސާޖު ޕާލާ ބަންދުކޮށްފިން: ރައީސް
ބާވީސް ދުވަހުގެ ތެރޭގައި 96 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާލޭގައި މަސާޖު ޕާލާތައް ގިނަކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނައިރު، އެ ފަދަ ތަންތަން ބަންދުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް މި މަހު ނުވައެއްގައި ވަނީ ފަށާފައެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް ހިންގާ ވިޔަފާރިތައް ބަންދު ކުރުމަށް ފެށި އޮޕަރޭޝަނުގައި މިއަދާ ހަމައަށް 96 ތަނެއް ބަންދު ކުރެވިފައިވާ ކަމަށެވެ. ރައީސް، ގަލޮޅު ރައްޔިތުންނާ މުޚާތަބުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް އެ ފަދަ ތަންތަން ހިންގަނީ، ޚިދުމަތް ހޯދާ މީހުން ތިބުމުންކަން އެ މަނިކުފާނު ހިތަމަޔާ އެކު، ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކޮށް، މުޖުމަތަޢުގެ ޙާލަތު ބަދަލު ކުރެވޭނީ، ޢާންމު ރައްޔިތުންނާއި ހުރިހާ އެންމެންގެ ނިޔަތާއި ޢަމަލާއި ޚިޔާލު އެ ފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. https://x.com/MMuizzu/status/2006307769159426281 މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ރާއްޖޭގައި ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެކިއެކި އޮޕަރޭޝަންތައް ހިންގައި ދޭތެރެދޭތެރެއިން އެފަދަ ބައެއް ތަންތަން ބަންދުކޮށް, އެ ކުށް ކުރާ މީހުން ހައްޔަރު ވެސް ކުރެއެވެ. އެ ފަދަ ވިޔަފާރިތަކުގައި ބިދޭސީން ވެސް އުޅެއެވެ. މި ގޮތުން، އިމިގްރޭޝަނުން އަންނަނީ، އެ ފަދަ ބިދޭސީން ހައްޔަރުކޮށް، ބިދޭސީންނާ ހަވާލުކޮށްގެން ވިޔަފާރިތައް ހިންގާ ދިވެހީންނަށް ފިޔަވަޅު އަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ