މެރަނާ ސްކީމްގެ ދަށުން ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންގެ ބޭސް ފަރުވާގެ 65 ޕަސެންޓު އާސަންދައިން ހަމަޖައްސައިފި

މެރަނާ ސްކީމްގެ ދަށުން ފިލިޕީންސްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް މާދަމާއިން ފެށިގެން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. "މެރަނާ" ސްކީމަކީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާ ދިނުމަށް ކުރިއަށް ގެންދާ ސްކީމެކެވެ. އެ ސްކީމްގެ ޚިދުމަތް ފުޅާކޮށް، ޖެނުއަރީ އެކެއްވާ މާދަމާއިން ފެށިގެން މިހާރު މިވަނީ ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންނަށް ވެސް އެ ޚިދުމަތް ފުޅާކޮށްފައެވެ. އެހެންކަމުން މެރަނާ ސްކީމްގެ ދަށުން ފިލިޕީންސްގައި ދިރިއުޅޭ ދިވެހީންނަށް ބޭސްފަރުވާއަށް ހިނގާ ޚަރަދުގެ 65 ޕަސެންޓާ ހަމައަށް އާސަންދައިގެ ދަށުން ދެން ހަމަޖައްސައިދޭނެއެވެ. https://x.com/NSPAmaldives/status/2006327097174962451 ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ފަށާ މުހިންމު ޕްރޮގްރާމްތައް އިފްތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. ފިލިޕީންސްއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރުމަށް ގޮސް އުޅޭ ގައުމެކެވެ. އެގޮތުން ޕައިލެޓްކަން ކިޔަވާ ދަރިވަރުންނާއި، މެޑިކަލް ކިޔަވާ ދަރިވަރުން ގިނަ އަދަދަކަށް އެ ގައުމުގައި އުޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ