ސެނަހިޔާ ހިމެނޭހެން، ހަތް ކުލިނިކަކުން ނަފުސާނީ ބައްޔަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ދެނީ
މާދަމާ ފެށޭ އައު އަހަރާއެކު، ހަތް ކުލިނިކަކުން ނަފުސާނީ ބައްޔަށް ހިނގާ ޚަރަދެއް އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖައްސާނެ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިއަދު އިއުލާންކޮށްފިއެވެ. އަންނަ ޖަނަވަރީ އެކަކުން ފެށިގެން, ނަފުސާނީ ބަލިތަކުގެ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖައްސާނެ ކަމަށް، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ނޮވެންބަރު 17ގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވިއެވެ. އެންސްޕާއިން އަންނަ އަހަރު ފަށާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ހަފުލާއެއްގައި އެ އިދާރާއިން ވަނީ، އާސަންދައިން ހުރިހާ ޚަރަދެއް ދޭނީ ހަތް ތަނަކަށް ކަމަށް ބުނެފައެވެ. އީވް ކްލިނިކް ވީ-ކެއާ ކައުންސިލިން އެންޑް ސައިކޯތެރަޕީ ސެންޓަރު މެޑްނޯވާ މެޑިކަލް ސެންޓަރު އެލީޓް މެޑިކަލް ސެންޓަރު ސެނަހިޔާ ކުލުނު މެޑިކަލް ކްލިނިކް ސައިމާ ކެއާ ރާއްޖެއަކީ އާބާދީގެ ނިސްބަތުން ނަފުސާނީ މައްސަލަތައް ގިނަ ގައުމެކެވެ. ނަމަވެސް ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަން ދިގު ކިޔޫއެއްގައި ތިބެން ޖެހުމަކީ އެތައް ބަޔަކަށް ތަކުލީފަކަށް ވެފައިވާ ކަމެކެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ހެލްތް މިނިސްޓަރު އަބްދުالله ނާޒިމް ވަނީ، ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ނަފްސާނީ ބަލިމަޑުކަން އިތުރުވުން ކަމަށާއި އެކަން ހައްލު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. https://sun.mv/216054 އޭނާ ވަނީ، މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ވެސް ނަފުސާނީ ފަރުވާ ދޭ ޑޮކްޓަރުން އިތުރު ކުރުމާއި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން ވަނީ، ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް ފެބްރުއަރީ 21، 2024ގައި ގާއިމުކޮށްފައެވެ. އެ ހެލްޕްލައިންގެ ގޮތުގައި ގުޅާ ނަންބަރަކީ 1677އެވެ. މީގެ އިތުރުން، މިދިޔަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ވަނީ، ނަފުސާނީ ބަލީގައި އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް އިސްކަންދޭ ސްޓެރެޓެޖީއެއް އިފުތިތާހުކޮށްފައެވެ. ނަފުސާނީ ބަލީގެ ފަރުވާއަށް، އާސަންދައިގެ ތެރެއިން ވަކި މިންވަރެއް ހަމަޖެއްސުމުގެ މަސައްކަތް ފެށީ 2020ގައިއެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ފުރަބަންދުވެ، ނަފުސާނީ ދުޅަހެޔޮކަމުގެ ކަންބޮޑުވުންތައް ވެސް އިތުރުވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ