ފަސް ސެޓަށް ކުޅެގެން ލ. ގަން ބަލިކޮށް، ލ. މާބައިދޫން ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އަށް ޓީމު ވާދަކުރި ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެ ހަވީރު ކުޅުނު ތިން ވަނަ ހޮވި މެޗުން ކ. ހުރާ އިން ވަނީ 3-2 ސެޓުން، ށ، ފުނަދޫ ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 24-26، 23-25، 25-16، 25-22 އަދި 13-15 އިންނެވެ.
މުބާރާތުގެ ފައިނަލުގައި ރޭ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގައި، ގަމުން ފުރަތަމަ ސެޓު، 21-15 އިން ގެންދިޔަ އެވެ. ދެ ވަނަ ސެޓުގައި މާބައިދޫން ކުޅުން ރަނގަޅުކޮށް، 25-17 އިން ސެޓު ގެންދިޔަ ނަމަވެސް، ދެން ކުޅުނު ސެޓުގައި ގަމުން އަނެއްކާ ވެސް ކުރިހޯދައި، 20-25 އިން ސެޓު ގެންދިޔަ އެވެ. މާބައިދޫ މޮޅުވީ، ހަތަރު ވަނަ ސެޓާއި ފަސް ވަަނަ ސެޓު ގެންގޮސްގެންނެވެ. އެ ޓީމުން މި ސެޓުތައް ގެންދިޔައީ، 26-24 އަދި 15-10 އިންނެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މާބައިދޫގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް އެ ޓީމުގެ ފާތިމަތު ޖޫޒާން ޒަރީރު ހޮވުނުއިރު، އުންމީދީ ކުުޅުންތެރިއަކީ، ހުރާގެ އައިޝަތު ޔުމްނު ޝާހިދު އެވެ. އަދި، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ގަމުގެ މިންކްވަން މިސް ވިޕާޑާ އެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، މާބައިދޫން އައިމިނަތު އަރީޝާ، އައިމިނަތު މާނާ ނާޒިމް އަދި ޖޫޒާން އެވެ. އަދި، ގަމުން ހައްވާ ނާޒިމާ، ހައްވާ ރާޝިދާ ހިމެނޭއިރު، ށ. ފުނަދޫގެ އައިމިނަތު ޝަހާ ޝާމިން އަދި ހުރާގެ މާސާ ފާރޫގް ވެސް ހިމެނެ އެވެ.
ގަން ބަލިކޮށް މާބައިދޫން ރާއްޖެ ސުޕަ ލީގު ކާމިޔާބުކޮށްފި ގަން ބަލިކޮށް މާބައިދޫން ރާއްޖެ ސުޕަ ލީގު ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ