އީރާނުގެ ތިން ތެޔޮ ޓޭންކަރެއް އެމެރިކާއިން ހިފަހައްޓައިފި

އޭޝިއާގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އީރާނުގެ ދިދަ ޖަހާފައިވާ ތިން ތެޔޮ ޓޭންކަރެއް އެމެރިކާގެ ސިފައިން ހިފަހައްޓައި، އެ އުޅަނދުތަކުގެ މިސްރާބު ބަދަލުކޮށްފި ކަމަށް ސަލާމަތީ މަސްދަރުތަކުން ބުނެފިއެވެ. މި އުޅަނދުތައް ހިފަހައްޓާފައިވަނީ އިންޑިއާ، މެލޭޝިއާ އަދި ސްރީލަންކާގެ ކައިރިންނެވެ.
މި ހަމަަނުޖެހުންތަކުގެ އަސްލަކީ އެމެރިކާގެ ރައީސް ޓްރަމްޕް އީރާނުގެ ނިއުކްލިއަރ އެއްބަސްވުމުން ވަކިވެ، އެ ގައުމާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމެވެ. އޭގެ ފަހުން އިސްރާއީލުގެ ނަތަންޔާހޫ އާއި އެމެރިކާގެ ވެރިން ވަނީ އީރާނަކީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެ ގައުމުގެ ނުފޫޒު ކަނޑުވާލަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިހާރު ހިނގަމުންދާ ހަނގުރާމައަކީ މި ގައުމުތަކުގެ މެދުގައި ދިގުލައިގެން ގޮސްފައިވާ ނުތަނަވަސްކަން ބޮޑުވެ، ސީދާ އަސްކަރީ ކުރިމަތިލުމަކަށް ބަދަލުވުމުގެ ނަތީޖާއެކެވެ.
އިސްރާއީލާއި އެމެރިކާގެ އިސްވެރިންގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އީރާނުގެ "ރެސިސްޓެންސް" ބާރުތައް ބަލިކުރުމަށެވެ. ޓްރަމްޕާއި ނަތަންޔާހޫ ފަދަ ވެރިން ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައެވެ. މި ހަނގުރާމައިގެ ސަބަބުން ލިބެނީ ހަމައެކަނި އަސްކަރީ ގެއްލުންތަކެއް ނޫނެވެ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި މުޅި ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ