ފުުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 5.5 ބިލިޔަން ރުފިޔާގެ އާމްދަނީއެއް
އެސްޓީއޯއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.އެސްޓީއޯގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ހިސާބުތަކުން ދެއްކި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ޖުމްލަ އަމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބުނެވެ.އެ ކުންފުނިން ބުނި ގޮތުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މައްޗަށް ދިއުމެވެ.އެސްޓީއޯގެ އިތުރު ތަފާސްހިސާބުތަކަށް ބަލާލާއިރު:ހިންގުމުގެ ފައިދާ: 368 މިލިއަން ރުފިޔާ؛ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 322 މިލިއަން ރުފިޔާގެ ފައިދާއަށް ވުރެ 14 އިންސައްތަ އިތުރުސާފު ފައިދާ: 276 މިލިއަން ރުފިޔާ؛ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު 244 މިލިއަން ރުފިޔާގެ ފައިދާއަށް ވުރެ 13 އިންސައްތަ އިތުރުމި ފައިދާއާއެކު، ކޮންމެ ހިއްސާއަކަށް 245 ރުފިޔާ ބެހުމަށް ވެސް އެސްޓީއޯއިން ވަނީ ނިންމައިފަ އެވެ.އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގިނަ ވިޔަފާރިތަކެއް ހިންގާ ކުންފުންޏެކެވެ. އެގޮތުން ތެލާއި ބޭހާއި އަދި ކޮންސްޓްރަކްޝަން ސާމާނުގެ އިތުރުން ކެއިން ބުއިމުގެ ބާވަތްތަކުގެ ވިޔަފާރިވެސް އެކުންފުނިން ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ