މި އަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
އެޑެލްވައިސް އެއާއިން މިހާރުވެސް ދިވެހިރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރަށް, މި އަހަރުގެ ޖުލައި 4 އިން 13 ސެޕްޓެންބަރުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ދެ ދަތުރު ކުރާނެއެވެ. އެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހުއެވެ.
މި ނިންމުމާއެކު ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސް އެއާއިން ރާއްޖެއަށް އިތުރު 21 ދަތުރުކުރާނެއެވެ.
އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 4 ނޮވެންބަރު 2000ގައެވެ. އެގޮތުން މިދިޔަ އަހަރަކީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 25 އަހަރު ފުރުނު އަހަރެވެ.
ހޫނު މޫސުމާ ދިމާކޮށް އެޑެލްވައިސްއިން ދަތުރުތައް އިތުރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ