އަވަށްޓެރި އިންޑިއާއާ އެކީ ރާއްޖެ ކަހަލަ ގައުމުތަކަށް ބުލީ ކުރާ ގައުމެއް ކަމަށް ވިދާޅުވެ އިންޑިއާ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރެއްވި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާއިން އިންޑިއާގެ އެހީއަށް އެދިއްޖެ އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރަހައްދީ ގައުމުތަކަށް ތެޔޮ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް އެދި އިންޑިއާ ސަރުކާރަށް މިހާރު ވަނީ ހުށަހަޅާފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބުރާސްފަތި ދުވަހު ވިދާޅުވީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އަދި ސްްރީލަންކާއިން ވެސް ތެޔޮ ހޯދުމަށް އެދިފައިވާ ކަމަށެވެ.
ޖައިސްވާލް ވިދާޅުވި ގޮތުގައި، މި ހުށަހެޅުންތައް އިންޑިއާއިން މިހާރު ދަނީ ދިރާސާކުރަމުންނެވެ. ނަމަވެސް، ތެޔޮ ދޫކުރުމުގައި އިންޑިއާގެ އަމިއްލަ ބޭނުންތަކަށާއި، ތެޔޮ ހުރި މިންވަރަށް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދޭތީވެ، އިރާނުން ވަނީ ހޮރުމޫޒު ހޯމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުން ދަތިކޮށްފަ އެވެ.
އެސްޓީއޯއިން ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އޮމާނުން ކަމަށް ވާއިރު، މި ހަނގުރާމައިގައި އިރާނުން އޮމާނަށް ވެސް ދަނީ ހަމަލާ ދެމުންނެވެ. މި ހަނގުރާމަ ފެށުމުގެ ކުރިން ސާފުކުރި ޑީސަލް ފީފާއެއްގެ އަގު 80 ޑޮލަރަށް ހުރި ނަމަވެސް މިހާރު ފީފާއެއް އުޅެނީ 170 ޑޮލަރަށް ވުރެ މަތީގަ އެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ މާލީ ގެއްލުން ފޫބެއްދުމަށް 100 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު، ދަތިކަމެއް ނެތި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަން އިންޑިއާގެ އިތުރުން އެހެން ގައުމުތަކާއެކު ވެސް މަޝްވަރާ ކުރާ ކަމަށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ބުންޏެވެ.
އެންމެ ފަހުން ތެޔޮ ހޯދަން ވެސް މި އެދުނީ "ބުލީ" ކުރި އިންޑިއާ ސަރުކާރުގައި އެންމެ ފަހުން ތެޔޮ ހޯދަން ވެސް މި އެދުނީ "ބުލީ" ކުރި އިންޑިއާ ސަރުކާރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ