ރ.އަތޮޅު ވާދޫއިން ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ހަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދާ މީހަކީ ވާދޫއަށް ނިސްބަތްވާ އެރަށު ވިންޑްސްޓަރ، މުޙައްމަދު އިޤްބާލްއެވެ. ފުލުހުންވެސް ވަނީ އޭނާ ގެއްލިގެން ހޯދަމުންދާކަން މީޑިއާއަށް ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ އެމީހާ ގެއްލުނުކަމުގެ ރިޕޯޓެއް މިރޭ 20:48 ހާއިރު ލިބިފައިވާކަމަށެވެ.
ވާދޫއިން ވާހަކަދެއްކި މީހަކު ބުނީ އޭނާ ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުތީ އެކަނިކަމަށާއި، ޑިންގީގައި ދިޔައިރު އަތުގައި ފޯނު ނެތްކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
ފުލުހުން ބުނީ އިޤްބާލުގެ ހަބަރެއް ވެއްޖެނަމަ ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭކަމަށެވެ.
ރ.ވާދޫއިން ޑިންގީއެއްގައި މަހަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ