ފުލުހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި، ފަރުވާ ދެނީ

ފުލުހަކަށް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިންނެއްނޫން ކަމަށް ވެސް ބުންޏެވެ. މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި މައްސަލައިގެ ވަށައިގެންވާކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުން ކަމަށާ އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ބުންޏެވެ.
ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅޭ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ފުލުހުން މީހާގެ ބޯ ފަޅާލާ ވަރަށް އަނިޔާ ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ