މި ކުޑަ އީދުގައި ކުލަގަދަ ބޮކި ދިއްލަނީ ފަސް ސިޓީގައި އެކަނި

ކުރިއަށް އޮތް ކުޑައީދު ބަންދާ ދިމާކޮށް ބޮކިފަތި ދިއްލާނީ ރާއްޖޭގެ ސިޓީތަކުގެ ވަކިވަކި ތަންތަނުގައި އެކަނި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާޕާސަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކެބިނެޓުން ނިންމާފައިވަނީ ރަށްރަށުގައި އީދަށް ބޮކި ނުދިއްލައި، މާލޭ ހިމެނޭހެން ހުރިހާ ސިޓީތަކެއްގެ ވަކި ސަރަހައްދުތަކެއްގައި ދިއްލުންތައް ދިއްލުމަށް ކަމަށެވެ.މި ނިންމުމާ އެކު ބޮކިފަތި ދިއްލާނީ މާލޭގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލަކު އަދި އައްޑޫގަ އެވެ. ކުލަބޮކިތަކާއި ގިޑިގެތަކުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު 2023ވަނަ އަހަރުގެ ބޮޑު އީދާ ދިމާކޮށް ފެއްޓެވި މަސައްކަތެކެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލު އަގު ބޮޑުވެފައިވާ މި ދަނޑިވަޅުގައި އީދަށް މާލެ އާއި ރަށްރަށުގެ މަގުތަކުގައި ބޮކިފަތި ހަރުކުރާތީ އާންމުންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އަދި މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ސަރުކާރު ކުންފުނިތަކުން ގިނަ ހަރަކާތްތަކެއް ބާއްވާތީ އެކަމަށް ވެސް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ