އުރީދޫން މި ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަގުބޫލު ގޭމިން އެކްސްޕީރިއަންސް، 'ކަރާ ފެޅުން' ކުރިއަށްގެންދާ މުއްދަތު އިތުރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އުރީދޫން މިއަދު ބުނި ގޮތުގައި، މި ހަރަކާތް މި މަހު 26ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އެގޮތަށް ނިންމީ، އެ ކުންފުނިން ބުނި ގޮތުގައި، މުޅި ރާއްޖޭން މި ހަރަކާތަށް ލިބެމުން އަންނަ ބޮޑު ތަރުހީބަށް ބެލުމަށް ފަހު އެވެ.
ތަފްސީލް - މި ބަދަލާ އެކު، 100,000ރ.ގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް ގެނައި ބަދަލެކެވެ.
100,000ރ.ގެ މި ގްރޭންޑް ޕްރައިޒް ބަންޑަލްގައި ހިމެނެނީ:
އެންމެ ފަހުގެ 2 ޑްރޯން
ޕޮކެޓް އޮސްމޯ
މެކްބުކް
އައިފޯން 17 ޕްރޯ މެކްސް
އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ 'ކަރާ ފެޅުން'އަކީ މަޖާ، ވާދަވެރި އަދި ދުވަހުން ދުވަހަށް އިނާމު ލިބޭ، ރޯދަ މަހުގެ ވަރަށް މަގުބޫލު ހަރަކާތެކެވެ. ބައިވެރިންނަށް 'ކަރާ ކުއެސްޓް' ފަދަ ފީޗާތައް މެދުވެރިކޮށް ކުޅެ، ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެ އެވެ.
ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ދުވަހުން ދުވަހަށް އެކި ހަދިޔާތައް ވެސް ލިބޭނެ އެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި ފައިސާގެ އިނާމުތަކާއި އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތި ހިމެނެ އެވެ.
ބުނީ ކީކޭ؟ - "ކަރާ ފެޅުމަށް ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަސްޓަމަރުން މި ހަރަކާތުގައި ބައިވެރިވާ ތަން ފެނުމަކީ ލިބޭ އުފަލެއް،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވި އެވެ.
"މި ކެމްޕޭންގެ މުއްދަތު އިތުރުކޮށް، ގްރޭންޑް ޕްރައިޒް ހުރިހާ ޓީމަކަށް ހުޅުވާލުމުގެ ބޭނުމަކީ މި ގޭމުގައި ބައިވެރިވާ އެންމެނަށް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން. މިއީ ރޯދަ މަހު އެންމެން ގުޅުވައިދޭ ފަދަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާއެއް."
އުރީދޫގެ 'ކަރާ ފެޅުން' ގޭމް މި މަހު 26އާ ހަމައަށް ކުރިއަށްގެންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ