އައްޑޫ ސިޓީގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް، ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ދެވަނަ އެޑިޝަންގެ ޗެމްޕިއަންކަން މައިލޯ ސިޓީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން މައިލޯ ސިޓީ އެސްސީ އިން ހޯދީ، ފައިނަލުގައި ފްރެންޑްސް ކުލަބުގެ މައްޗަށް 2-6 އިން ކުރިހޯދައިގެންނެވެ.
ޝީޝާ ޔުނިޓީ ފުޓްސަލް ޗެލެންޖު 2026 ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް މެޗުގައި ޗެމްޕިއަން މައިލޯ ސިޓީގެ ލަނޑުތައް ޖަހައިދިނީ އިބްރާޙީމް ރިމާހު އާއި ހާޒިމް ފައުޒީގެ އިތުރުން ސާމިން މުޙައްމަދު ނަސީރުއެވެ. ރިމާހު ވަނީ މެޗުގައި ހަތަރު ލަނޑު ޖަހާފައެވެ.
ފްރެންޑްސް ކުލަބުގެ ލަނޑުތައް ޖަހައިދިނީ އަލީ ނާފިއު އާއި މޫސާ ވަހީދުއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މައިލޯ ސިޓީގެ ރިމާހުއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ވެސް ރިމާހުއެވެ.
ޖުމްލަ 9 ޓީމު ބައިވެރިވި މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ހިތަދޫ ޕޯޓް ލިމިޓެޑެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް، ޗެމްޕިއަން މައިލޯ ސިޓީ އެސްސީގެ ޝަމްވީލް ޤާސިމް ހޮވުނުއިރު، ކިންގް އޮފް ދަ ޓޯނަމަންޓަކަށް ހޮވުނީ ފްރެންޑްސް ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ މުންތަޒެމީ މުޙްސިން އަލީ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މުންތަޒެމީ މުޙްސިން އަލީ އާއި މައިލޯ ސިޓީގެ ހާޒިމްގެ އިތުރުން އަޙްމަދު އަޔާޒް އާއި ޔުނައިޓެޑް މައިލޯގެ މުޙައްމަދު ރަފާޙް އަދި އެންމެ މޮޅު ކީޕަރަކަށް، މައިލޯ ސިޓީގެ ވިޝާން އަބްދުލް މަޖީދެވެ.
މި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ފްރެންޑްސް ކުލަބުގެ އިސްމާޢީލް އީތަން އިމްރާނެވެ.
މި މުބާރާތަކީ ޔުނިޓީ ފައުންޑޭޝަނުން ކުރިއަށް ގެންދާ މުބާރާތެކެވެ. މުބާރާތުގެ ފުރަތަމަ އެޑިޝަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރުއެވެ.
ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން މައިލޯ ސިޓީ އެސްސީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ