އަލިފާނުގެ ހާދިސާއާ ގުޅިހގެން ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު އެއް ދުވަސް ދީފި އަލިފާނުގެ ހާދިސާއާ ގުޅިހގެން ވޯޓާސް ލިސްޓުގައި ސޮއިކުރަން އިތުރު އެއް ދުވަސް ދީފި

އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބާ ބެހޭ މަރުކަޒާއި ޖެހިގެން ހުރި ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ލިސްޓުގައި ސޮއިކުރުމުގެ މުއްދަތު އެއް ދުވަހަކަށް އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި ސޮއިކުރުން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު 13:00 ޖެހުމުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
"ރޭގަ ހިނގާ ދިޔަ ހާދިސާ އާއި ގުޅިގެން ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން 2026 މާރިޗު 21 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 01:00 ގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ސޮއިކުރުން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި،" އިލެކްޝަނުން ބުންޏެވެ.
މި މަސައްކަތަށް އެއް ދުވަސް އިތުރު ކުރިނަމަވެސް، މި ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް، މިއަދު ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާނެ ކަމަށް އިލެކްޝަނުން ބުންޏެވެ.
އިންތިހާބާ ބެހޭ މަރުކަޒު ހުރި ސަރަޙައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިހާބުގެ ތާވަލްގައިވާ ގޮތަށް ހުރިހާ މަސައްކަތްތަކެއް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އިލެކްޝަނުން ވަނީ ޔަގީންކަން ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ