މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 87 ރަބަރު ޕެކެޓާއެކު ދެ މީހަކު ހައްޔަރުކޮށްފި މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 87 ރަބަރު ޕެކެޓާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 87 ރަބަރު ޕެކެޓާއެކު ހުޅުމާލެއިން ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ލ. ގަން، ލިންކް، އަހްމަދު ޒަޔާން، 25 އާއި ރ. މަޑުއްވަރި، ޑްރީމް، ހުސައިން އިޔާދު، 23 އެވެ.
ފުލުހުން ބުނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމުން މަގުމަތި ޕެޓްރޯލުކުރުމުގެ ތެރޭގައި ހުޅުމާލެ މިދިލިމަގުން ސައިކަލުގައި ދަނިކޮށް އެ ދެ މީހުން ހުއްޓުވީ ތުހުމަތު ކުރެވިގެން ކަމަށެވެ.
މިގޮތުން އެ ދެ މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 87 ރަބަރުގެ ޕެކެޓުގެ ބަރުދަނުގައި 143.4 ގްރާމު ހުރި ކަމަށެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ދަނީ މާލެ އާއި ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އޭގެއިތުރުން މަގުމަތިން ވެސް ޝައްކު ކުރެވޭ މީހުން ހުއްޓުވައި ދަނީ ބަލާފާސްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ