1 ލައްކަ ރުފިޔާގެ ބޮޑު އިނާމު ހޯދުމުގެ ފުރުސަތާއެކު އުރީދޫގެ "ކަރާ ފެޅުން" މާރިޗު 26އާ ހަމައަށް ދަންމާލައިފި
އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މަގުބޫލު ގޭމިން އެކްސްޕީރިއަންސް، 'ކަރާ ފެޅުން' ކުރިއަށްގެންދާ މުއްދަތު އިތުރުކޮށްފިއެވެ. އުރީދޫން ބުނީ ކަސްޓަމަރުންނަށް އެ ގޭމު ކުޅުމުގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން މާރިޗު 26، 2026 ގެ ނިޔަލަށް 'ކަރާ ފެޅުން' ކުރިއަށްދާނެ ކަމަށެވެ. މި ނިންމުން ނިންމާފައި ވަނީ މުޅި ރާއްޖެއިން މި ހަރަކާތަށް ލިބެމުންދާ ބޮޑު ތަރުހީބަށް ބެލުމަށްފަހު ކަމަށް އުރީދޫން ބުންޏެވެ. މި ބަދަލާއެކު، 100,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ހުޅުވާލާފައިވާ ކަމަށް އުރީދޫން ބުންޏެވެ. މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް ގެނައި ބަދަލެއް ކަމަށް އުރީދޫން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި 100,000 ރުފިޔާގެ މި ގްރޭންޑް ޕްރައިޒް ބަންޑަލްގައި އެންމެ ފަހުގެ ދެ ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި އިނާމު އެކުލެވިގެންވާނެ ކަމަށެވެ. އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ 'ކަރާ ފެޅުން' އަކީ މަޖާ، ވާދަވެރި އަދި ދުވަހުން ދުވަހަށް އިނާމު ލިބޭ، ރަމަޟާން މަހުގެ ވަރަށް މަގުބޫލު ހަރަކާތެކެވެ. ބައިވެރިންނަށް 'ކަރާ ކުއެސްޓް' ފަދަ ފީޗާތައް މެދުވެރިކޮށް ކުޅެ، ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެއެވެ. ހަމައެއާއެކު ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ދުވަހުން ދުވަހަށް ލިބޭ ހަދިޔާތައް ވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމުތަކާއި، އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތި ހިމެނެއެވެ. މި މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ކަރާ ފެޅުމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި މުޅި ރާއްޖޭގެ އެކު ކަންކޮޅުތަކުން ކަސްޓަމަރުން މި ހަރަކާތުގައި ބައިވެރިވާތަން ފެނުމަކީ ލިބޭ އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ކެމްޕޭންގެ މުއްދަތު އިތުރުކޮށް، ގްރޭންޑް ޕްރައިޒް ހުރިހާ ޓީމަކަށް ހުޅުވާލުމުގެ ބޭނުމަކީ މި ގޭމުގައި ބައިވެރިވާ އެންމެނަށް މި އަގުހުރި އިނާމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުން. މިއީ ރަމަޟާން މަހު އެންމެން ގުޅުވައިދޭ ފަދަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ނަތީޖާއެއް، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އުރީދޫއިން ހުރިހާ ކަސްޓަމަރުންނަށް ދައުވަތު ދެނީ މި ފޯރީގައި ބައިވެރިވެ، 'ކަރާ ފެޅުން' ކުޅެ، މި އިތުރު ފުރުސަތުގެ ބޭނުން ހިފައި، ބޮޑެތި އިނާމުތައް ހޯދުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ