ކުރީ ސަރުކާރުގައި އަތުލި ގާއުނޑޫދޫ، ހުޅުދުއްފާރުގެ އިހްތިސާސްއަށް ލައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ރ. ހުޅުދުއްފާރަށް ދީފައި އަތުލި ރ. ގާއުނޑޫދޫ، ހުޅުދުއްފާރުގެ އިހްތިސާސްގައި އަލުން ހިމެނުމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ނިންމަވައިފި އެވެ.
ވީ ކިހިނެއް؟ - ގާއުނޑޫދޫ، ހުޅުދުއްފާރުގެ އިހްތިސާސްގައި އަލުން ހިމެނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރިޔާސީ ކެމްޕެއިން ތެރޭގައި ރަށުގެ ރައްޔިތުން އެކަމަށް އެދިފައިވެ އެވެ.
މިރޭ އެކަން ރަސްމީކޮށް ނިންމަވައި ރައީސް ވަނީ ގަރާރެއް ނެރުއްވާފަ އެވެ. އަދި އެ ގަރާރު މިހާރު ވަނީ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.
ތަފްސީލު - ރައީސް އޮފީހުން މިކަމާ ގުޅިގެން ޝާއިއު ކުރި ހަބަރުގައި ބުނީ:
ގާއުނޑޫދޫ އެންމެ ފުރަތަމަ ހުޅުދުއްފާރު އިހްތިސާސްގައި ހިމެނީ 2020 ވަނަ އަހަރު ތެރޭ
ނަމަވެސް ފަހުން "ސިނާއީ ބޭނުމަކަށްޓަކައި" ހުޅުދުއްފާރުގެ އިހްތިސާސުން އެ ރަށް އުނިކޮށްފައި ވަނީ، އޭގެ އަހަރެއްހާ ދުވަސް ފަހުން އޮގަސްޓު 2021ގައި
އޭގެ ފަހުން އެ ރަށް އޮތީ އެގްރިކަލްޗާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ