ހައިފާގައި ހުންނަ ޔަހޫދީންގެ ތެޔޮ ރިފައިނަރީއަކަށް އީރާނުން ވަރުގަދަ ޙަމަލާއެއްދީ ގެއްލުންތައް ދީފިއެވެ.
އީރާނުން ދިން މިސައިލް ޙަަމަލާގެ ސަބަބުން އެ ސަހަރުގެ އުތުރުގެ ކަރަންޓު ގުރިޑަށް ގެއްލުން ލިބި، އެ ސަރަޙައްދުން ވަގުތުތަކަށް ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ.
މިދިޔަ ޖޫން މަހު ޔަހޫދީން އީރާނަށް ޙަމަލާ ދިނުމުން ދިން ރައްދު ޙަމަލާތަކުގައި ވެސް ހައިފާގެ ތެޔޮ ރިފައިނަރީއަށް މިސައިލް ޙަމަލާއެއް ދީފައިވެއެވެ. އެ ޙަމަލާގައި ތިން މީހުން މަރުވެ، ދުވަސްތަކަކަށް މަސައްކަތް މެދުކަނޑައިލަން ޖެހުނެވެ.
ހައިފާގެ ތެޔޮ ރިފައިނަރީއަށް ދިން ޙަމަލާގެ އިތުރުން ދެކުނުގައި ހުރި ރިފައިނަރީތަކާއި ސަލާމަތީ އަމާޒުތަކަކަށާއި އަސްކަރިއްޔާއާ ގުޅުންހުރި މަރުކަޒުތަކަކަށް ވެސް އީރާނުން މިސައިލް ޙަމަލާ ދީފައިވެއެވެ.
އީރާނުން ޔަހޫދީންނަށް ޙަމަލާ ދެމުން ދަނީ ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށައި އީރާނުގެ އޭރުގެ ރޫޙީ ވެރިޔާ ހިމެނޭ ގޮތަށް އެ ޤައުމުގެ އިސް ބޭފުޅުންތަކެއް ޝަހީދުކޮށްލައި ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. ގަލްފުގެ ބައެއް ޤައުމުތަކަށް ވެސް އީރާނުން ދަނީ ޙަމަލާ ދެމުންނެވެ. ނަމަވެސް އެ ޤައުމުތަކަށް ޙަމަލާ ދިނުމުގައި އީރާނުގެ މުޅިން ވެސް ޙަމަލާ އަމާޒުކުރަނީ އެމެރިކާއާއި ޔަހޫދީންގެ މަސްލަހަތު އޮތް ތަންތަނަށާއި އަސްކަރީ މަަރުކަޒުތަކަށެވެ. އަމިއްލަ ދިފާޢުގައި އީރާނުން ދެމުންދާ ވަރުގަދަ ރައްދުގެ ސަބަބުން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އެމެރިކާއިން ދެކުނު ހަނގުރާމަ ވަނީ ދިގުލާން ފަށައިފައެވެ.
ޔަހޫދީންގެ މައި ތެޔޮ ރިފައިނަރީއަކަށް އީރާނުގެ މިސައިލް ޙަމަލާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ