ހޯރަފުށި ބިން ހިއްކުމާއި މަގު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ސަރުކާރުން ހއ. ހޯރަފުށީގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފި އެވެ. މި ދެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު ހަސަން ނައުފަލް ނާސިރެވެ.އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.މި ދެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް އަދި މިނިސްޓްރީންނާއި އެމްޓީސީސީން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ