ވައިގެ މަގުން އައްޑޫއަށް ދެ ކިލޯގެ ޑްރަގު އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި ވައިގެ މަގުން އައްޑޫއަށް ދެ ކިލޯގެ ޑްރަގު އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީއަށް ދެ ކިލޯގެ ޑްރަގު އެތެރެކުރަން އުޅުނު މީހަކު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ ސަލްދިން ވަލިމޮހްމަދު ރުއްފިން، 58 ކަމަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިއީ މި އަހަރު އައްޑޫ ސިޓީއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް އެންމެ ގިނަ އަދަދުގެ ޑްރަގެވެ.
މި އަހަރު ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމުން އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޑްރަގް އަތުލައިގަތެވެ. އޭގެ ތެރޭގައި ވައިގެ މަގުން އަދި ކަނޑުގެ މަގުން އަތުލައިގަތް ޑްރަގް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ