އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް ބަލާލަން ދާ ނަސީބުވެރިޔާ ހޮވައިފި

އޮސްޓްރޭލިއަން އޯޕަން 2026ގެ ފައިނަލް މެޗުތައް ބެލުމަށް ދިޔުމުގެ ފުރުސަތު ލިބޭ ގޮތަށް ބީއެމްއެލް އާއި މާސްޓަކާޑު ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިޔަކަށް މުހައްމަދު ދިފްރާން އަޒީޒް ހޮވިއްޖެ އެވެ.
ވީ ކިހިނެއް؟ - ސެޕްޓެމްބަރުން ފެށިގެން އޮކްޓޫބަރުގެ ނިޔަލަށް ކުރިއަށް ދިޔަ ޕްރޮމޯޝަނަކީ ބީއެމްއެލް އިން ބުނި ގޮތުގައި މާސްޓަކާޑު ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހިންގި ޕްރޮމޯޝަނެކެވެ.
ތަފްސީލް - ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވުނު ދިފްރާން އަށް އަދި އެކަކު ގޮވައިގެން އޮސްޓްރޭލިއަން އޯޕަން 2026ގެ ފައިނަލް މެޗުތައް ބަލާލުމަށް
ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެ އެވެ.
 ދެމީހުންގެ ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމުގެ އިތުރުން މެޗު ބަލާލުމުގެ ޓިކެޓް ބޭންކުން ދޭނެ
މާސްޓަކާޑަކީ އޮސްޓްރޭލިއަން އޯޕަންގެ
އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް
މެންބަރެކެވެ. 
ބީއެމްއެލް އިން އަންނަނީ މާސްޓާކާޑާ ގުޅިގެން ކަސްޓަމަރުންނަށް
ދުނިޔޭގެ ފެންވަރުގެ ތަފާތު ކުޅިވަރު ތަޖުރިބާތަކާއި ފުރުސަތުތައް ފޯރުކޮށްދެމުންނެވެ.
އެގޮތުން
2025 ވަނަ އަހަރު ބީއެމްއެލް އިން ވަނީ މާސްޓާ ކާޑާ ގުޅިގެން ޔޫއެފްއާ ޗެމްޕިއަންސް
ލީގު މެޗެއް ބަލާލުމުގެ ފުރުސަތު ދީފައި
ކޮލަމްބޯ ފެޝަން ވީކް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދިން
 ޗެމްޕިއަންސް ލީގު ފައިނަލްގައި ޕްލޭޔާ މެސްކޮޓްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ