މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ ބައެއްގެ އަތުން ނާޖާއިޒު މަންފާ ނެގި ކަމަށް ބުނާ މައްސަލާގައި ކުށަަށް އިއުތިރާފްވެފައިވާ އިމިގްރޭޝަންގެ އޮފިސަރު އަހްމަދު ލައްސާން މ. ހަޒާރީވިލާ ނުވަ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މައްސަލައިގެ ފެށުން - ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރަނީ މިދިޔަ 22 މާޗުގަ އެވެ. އޭރު ޝަމްއާނާ އެކު އިމިގްރޭޝަންގެ އިތުރު ހަތަރު އޮފިސަރަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ލައްސާން ވެސް ހިމެނެ އެވެ.
އެއީ އިމިގްރޭޝަންގެ އެހެން ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000ރ. ނެގި ކަމަށް ތުހުމަތުކޮށެވެ.
ތަފްސީލް - ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނި ގޮތުގައި ލައްސާން ކުށަށް އިއުތިރާފްވެ، އޭނާގެ މައްޗަށް ދެ ދައުވާއެއްގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އެ ގޮތުން:
ފޭރުމުގެ ކުށުގެ ދައުވާ: ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމާއެކު 14،400ރ.ގެ ޖޫރިމަނާއެއް ދެއްކުން
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ: 2 މަހާއި 12 ދުވަހަށް ޖަލަށް ލުމާއެކު 14،400ރ.ގެ ޖޫރިމަނާއެއް ދެއްކުން
މި ވަގުތު ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ލައްސާނުގެ މައްޗަށް ކޯޓުން އަދަބު ކަނޑައެޅީ ދައުލަތާ އެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުން
ފާހަގަކޮށްލެވޭ - ޖަލު ހެދުމުގައި ޝަރީއަތަށް ހާޒިރުވެ ލައްސާން މިއަދު ވަނީ ދައުލަތުގެ ހެއްކެއްގެ ގޮތުގައި، ޝަމްއާންގެ މައްސާލަގައި ހެކިބަސްދީފަ އެވެ. ހެކިބަސް ދެމުން ބުނީ:
ބަންގްލަދޭޝް މީހާ ގޮވައިގެން އޭނާ ދިރިއުޅޭ ގެ ކައިރިއަށް ވެހިކަލްގައި ދުއްވާފައި ދިޔަ
ބިދޭސީ މީހާ ދޫކޮށްލި ފަހުން، އޮފިސަރު އިބްރާހީމް އަހުމަދު ހުދުކުލައިގެ ކޮތަޅެއް ހިފައިގެން އައިސް ޝަމްއާނާ ހަވާލުކުރަން ޖެހޭ އެއްޗެއް ކަމަށް އޭނާ ބުނި
ޝަމްއާން ދިރިއުޅުއްވާ އެޕާޓްމަންޓް ހުންނަ އިމާރާތުގެ ލިފްޓް ތެރޭގައި އިބްރާހީމް އަހްމަދު ކޮތަޅު ހުޅުވާލައި ބަލައިލި؛ ކޮތަޅުގައި ހުރީ ގިނަ އަދަދެއްގެ ފައިސާ
އެޕާޓްމަންޓްގެ ދޮރު ހުޅުވައި ފައިސާ ހުރި ކޮތަޅާ ހަވާލުވީ ޝަމްއާން؛ ކޮތަޅުން ފައިސާގެ ދެ ބޮނޑި ޝަމްއާން ނަންގަވާފައި އިބްރާހީމް އަހުމަދަށް ދެއްވި
ކޮތަޅުގެ ހުރި ފައިސާގެ އަދަދެއް ލައްސާނަށް ނޭނގޭ
އެނގުން މުހިންމު - މި މައްސަލާގައި ދެން ކުށަށް އިއުތިރާފްވެ ހުކުމްކޮށްފައިވަނީ މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނިގެ މައްޗަށެވެ. އެ ގޮތުން:
އިއުތިރާފު އެއްބަސްވުމުގައި ވަނީ އޭގެ ތެރެއިން ޖަލު އަދަބުގެ ގޮތުގައި ދެ މަހާއި ތިން ދުވަސް ކަނޑައެޅުމަށް
ހުކުމުގެ ބާކީ ޖޫރިމަނާއަށް ބަދަލުކޮށް، ޖޫރިމަނާގެ ގޮތުގައި 45،000ރ. އެއް އަހަރުގެ ތެރޭގައި ދައްކާ ގޮތަށް
މި މައްސަލަގާއި އަލްސަން ބަންދުގައި ދެ މަހާއި ތިން ދުވަސް ވަނީ ހޭދަކޮށްފައި؛ އެ މުއްދަތު ހުކުމުން އުނިކުރުމުން ތަންފީޒުކުރާނެ އަދަބެއް ނެތް
އިމިގްރޭޝަން ކޮރަޕްޝަން: ކުށަށް އިއުތިރާފްވެ، ލައްސާން 9 މަހަށް ޖަލަށްލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ