އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ މާކުރިން، ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ވެސް ޓެކްސްޓް ފޮތްތައް ފޮނުވޭވަރު ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟- ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެހެން ކިޔެވުން ވަނީ މިހާރު ނިމިފަ އެވެ. އެކަމަކު މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ސްކޫލުތަކުން ރިޕޯޓު ފޮތްދީ، ރަސްމީކޮށް ބަންދު ކުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އެއާއެކު ސްކޫލުތަކުގެ ބޮޑު ޗުއްޓީ ފެށުނީ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވެސް ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވަމުން އަންނަ ކަމަށެވެ. އެތަނުގެ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސްކޫލުތަކަށް ފޮތްތައް ފޮނުވާ ނިންމާލުން ކަމަށް އެތަނުން ބުންޏެވެ.
މިހާރު ވެސް ގިނަ ސްކޫލުތަކުގައި އަންނަނީ ސްޓޭޝަނަރީ ވައުޗަރު ދޫކުރަމުންނެވެ.
ތައުލީމީ ކަލަންޑަރުން ބައެއް މައުލޫމާތު
ބޮޑު ޗުއްޓީ ފެށޭނީ، އަންނަ ބުރާސްފަތި ދުވަހު
މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު އާ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 27ގައި
އޭގެ ކުރިން ޖެނުއަރީ 25ގައި ޓީޗަރުން ނުކުންނާނެ
ފެބްރުއަރީ 18އިގައި ރޯދަ މަސް ފެށޭއިރު، ފަހު ދިހައިގައި ސްކޫލުތަކުގެ ކިޔެވުމެއް ނޯންނާނެ. އެއީ މާޗު ނުވައަކުން ފެށިގެން
ރޯދަ މަހުގެ ފަހު ދިހަ އަކާއި ފިތުރު އީދާއެކު ދަރިވަރުންނަށް 14 ދުވަހުގެ ބަންދެއް ލިބޭނެ
މެއި 24-30 އަށް މިޑްޓާމް ބްރޭކް ލިބޭނެ، އަދި ޖުލައި 17 އިން އޮގަސްޓް އެކަކަށް ފުރަތަމަ ޓާމްގެ ޗުއްޓީ ލިބޭނެ
ދެ ވަނަ ޓާމްގެ ކިޔެވުން ފެށޭނީ އޮގަސްޓު ދޭއްގައި
ސެޕްޓެމްބަރު 13-19އަށް، ދެ ވަނަ ޓާމްގެ މިޑްބްރޭކް ލިބޭނެ
އަންނަ އަހަރުގެ ކިޔެވުން ނިމޭނީ ޑިސެމްބަރު 18ގައި
ސްކޫލުތައް ހުޅުވުމުގެ މާކުރިން ފޮތްތައް ހަމަކުރެވޭނެ: އެޑިއުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ