ސަރުކާރުން ދައްކަނީ ހުސް ވާހަކަ، އެއްވެސް ކަމެއް ނުވޭ: ސޯލިހު

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރުވީއިރު ދައްކަނީ ހުސްވާހަކަ ތަކެއް ކަމަށާއި ނެރެވުނު ނަތީޖާ އެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެެއްޖެ އެވެ.ތ. ހިރިލަންދޫ އަށް ކުރައްވި ދަތުރުފުޅުގެ ތެރެއިން، އެ ރަށުގެ"ހިރިވެލި ބީޗް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސޯލިހު ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވެގެންދިޔައިރު ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެކަށީގެންވާ ތަރައްގީގެ އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށާއި ދައްކަމުންދަނީ ހަމަ ވާހަކަތަކެއް ކަމަށްވާއިރު ނަތީޖާއެއް ނުފެންނަ ކަމަށެވެ.2023 ވަނަ އަހަރު ރައްޔިތުން އިންތިހާބުކުރިފަހުން މިހާރު މިވަނީ ދެ އަހަރުވެފައިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެކަށީގެންވާ އެއްވެސް ތަރައްގީގެ ކަމެއް ކުރެވިފައިނެތް ކަމަށެވެ."ހަމަ ދައްކަމުން ދިޔައީ ހަމަ ވާހަކަތަކެއް. ނަތީޖާއެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.މިދިޔަ މަހު ކުއްލިއަކަށް ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތަކެއް ހިންގާނެކަމަށް ވިދާޅުވެ އެގްރީމެންޓްތަކެއް ހެދި ކަމަށާއި އަދި މާލިއްޔަތު ގާނޫނާއި އެ ގާނޫނުގެ ދަށުގައި ހުރި ގަވާއިދުތަކަށް ކެބިނެޓުން ބަދަލު ގެނެސް، ބޭނުން ބަޔަކަށް ޕްރޮޖެކްޓް ބަހާލި ނަމަވެސް، އޭގެތެރެއިން ވެސް މިހާތަނަށް ފެށިފައިވަނީ މަދު ކަމެއް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ