ދުންފަތާ ގުޅުންހުރި އެކި މައްސަލަތަކުގައި 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި އަތުލައިގަނެ، 15 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި މައުލޫމާތު ހާމަކުރީ، މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި އާ އަހަރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުންފަތާ ދެކޮޅަށް މިއަހަރު އަށް އޮޕަރޭޝަނެއް ހިންގާފައިވާއިރު އެ އޮޮޕަރޭޝަންތަކުގައި އަތުލައިގަތް ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަށް 7.3 މިލިއަން ރުފިޔާއަށް އަރަ އެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ނެގި ތަކެއްޗަކީ:
ސިނގިރޭޓު ކާޓޫން - 44،865
ވޭޕު - 4733
ފްލޭވާފުޅި ކާޓްރިޖު - 765
ކޮއިލް - 86
ދުންފަތް - 93 ކިލޯ
މީގެ އިތުރުން މި އޮޕަރޭޝަންތަކުގައި ފައިސާގެ ގޮތުގައި 294،240ރ ފުލުހުންގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން:
2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާ ކުރުމަށް ގާނޫނަށް އިސްލާހު ގެނެސް ވަނީ އަމަލުކުރަން ފަށާފައި
21 އަހަރު ނުފުރޭ މީހުންނަށް ވެސް ދުންފަތް ވިއްކުން ވަނީ މަނާކޮށްފައި
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުމުން ވަނީ މަނާކޮށްފައި
ދުންފަތާއި ސިނގިރޭޓުން ނަގާ ޓެކްސް ވަނީ ބޮޑުކޮށްފައި
މިއަހަރު 7 މިލިއަނަށްވުރެެ ގިނަ ރުފިޔާގެ ތުންފަތުގެ ބާވަތް އަތުލައިގަތް؛ ފިޔަވަޅު އެޅީ 15 މީހަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ