ހައްޔަރުކުރި އިޖުރާތު ގޯސްވުމުން، މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު މިނިވަންވެއްޖެ

ހައްޔަރުކުރި އިޖުރާތު ރަނގަޅު ނޫން ކަމަށް ބުނެ، މާރާމާރީއެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު އެއްވެސް ޝަރުތެއް ނެތި ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފިއެވެ. ބަންދު އަމުރުގައިވާ ގޮތުން އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނަކު މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކޮށް، ވަނީ ބަންދުކޮށްފައެވެ. އަމުރުގައިވާ ގޮތުން އޭނާ ދޫކޮށްލީ އިއްޔެ، އެއްވެސް ޝަރުތެއް ނެތިއެވެ. މި މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އިޙުސާންގެ އަމުރުގައިވާ ގޮތުން، އެ މީހާގެ ހައްޔަރު ދަމަހައްޓައި ފުލުހުން ހުށަހަޅާފައިވާ "ހައްޔަރުކޮށްގެން ގެނެވޭ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައަޅާ" ފޯމުގެ އިޖުރާއަތުތައް ރަނގަޅު ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންވެ، އެ މީހާ ދޫކޮށްލީ ކަމަށް ގާޒީގެ އަމުރުގައިވެއެވެ. އެ އަމުރުން އެ މީހާގެ ކުށުގެ ރިކޯޑެއް އޮތްކަން ވެސް ނުވަތަ ނެތްކަން ވެސް ނޭނގެއެވެ. މީގެ ކުރިން ވެސް އިޖުރާއަތުތަށް ފުރިހަމަނުވާ ކަމަށް ބުނެ، އެކި ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން އެކި ފަހަރު މަތިން ދޫކޮށްލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ