އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާދަމާ ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުމްރާގެ އަޅުކަން އަދާކުރެއްވުމަށްޓަކައި މާދަމާ ސަޢޫދީއަރަބިއްޔާއަށް ފުރާވަޑައިގަންނަވާގޮތަށް ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ރައީސް ޑރ.މުއިއްޒު އާއި އެމަނިކްފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަން އަދާކުރެއްވުމަށް މާދަމާގެ ވަގުތެއްގައި ސައޫދީއަށް ފުރާވަޑައިގަންނަވާނޭކަމަށެވެ. މި ދަތުރުފުޅުގެ މެހުމާންދާރީ އާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ.
ރައީސް އޮފީހުން ބުނީ ދަތުރުފުޅާ ގުޅޭ ހުރިހާ ކަމެއް ހަމަޖެހިފައިވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ވެރިކަމަށް ވަޑައިގަތުމަށްފަހު މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކުރައްވާފައެވެ. އަދި އޭގެ ކުރީ އަހަރު އުމްރާއަށް ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ