ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަނީ ތެޔޮ ކުންފުނިތަކާ ޓޫރިޒަމް މިނިސްޓަރު ބައްދަލުކުރައްވައިފި ދޯދި ފްލެޓްތައް ކައިރީގައި އަލިފާނުގެ ބޮޑު ހާދިސާއެއް އެމްޑީޕީގެ ހިޔާލުތަފާތުވުންތަކަށް ހައްލު ލިބިއްޖެ: ރައީސް ސޯލިހު މަގުބޫލު ލިޔުންތައް ފެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި ފްލައިޓެއްގައި ތިބި ފަސިންޖަރުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ދަތުރުކުރި ފަސިންޖަރުންތަކެއްގެ ފައިސާ އާއި ކްރެޑިޓް ކާޑުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ބުރާސްފަތި ދުވަހުގެ ފަތިހު 05:46 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވާކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި އެ ފްލައިޓުން ދަތުރުކުރި ހމ. ހިޔާ 9-12-17 މާލެ، އިބްރާހީމް ނައީމް (46އ) ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ އާއި ކްރެޑިޓް ކާޑުތައް ފެނިފައިވަނީ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ އިން ގޮނޑިއާއި ކައިރީގެ އެކި ސަރަހައްދުތަކުންނާއި އޭނާއަށް ފްލައިޓުން ދޫކޮށްފައިވާ ބައެއް ތަކެތީގެ ތެރެއިން ކަމަށެވެ. އެގޮތުން ފެނުނު ތަކެތީގެ ތެރޭގައި 3 ކްރެޑިޓް ކާޑާއި، 3,040 އެމެރިކާ ޑޮލަރު ، 1,300 ސިންގަޕޫރު ޑޮލަރު (15,780.95 ރުފިޔާ)، 1,000 ދިވެހި ރުފިޔާގެ އިތުރުން 420 މެލޭޝިއަން ރިންގިޓް (1,630.23 ރުފިޔާ) ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ