ކައުންސިލުތަކުން އެއްބާރުލުން ނުދޭނަމަ އެކަން ހާމަކުރާނަން: ރައީސް

ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގައި ކައުންސިލުތަކުން ސަރުކާރަށް ހުރަސް އަޅާނަމަ އެކަން ހާމަ ކުރައްވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.މި މަހުގެ 4ގައި ބޭއްވި ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުން ވެސް ސަރުކާރަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވި އެވެ. އެގޮތުން، ފަސް ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮނޑީގެ އިތުރުން، މުހިންމު ކައުންސިލުތަކުގެ ގިނަ ގޮނޑިތަކެއް ވެސް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.ނިމިދިޔަ ކައުންސިލު އިންތިޚާބުގައި އއ. ރަސްދުއާއި ތޮއްޑުއާއި އުކުޅަހުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ފިކުރަކާ އެއްކޮށް ކަމުގައިވިޔަސް ހުރިހާ ކައުންސިލުތަކާ ގުޅިގެން ސަރުކާރުން މަސައްކަތްކުރާނެ ކަމަށާއި، ހުރިހާ ރައްޔިތުން އެމަނިކުފާނުގެ ކުރިމަތީ ހަމަހަމަވާނެ ކަމަށެވެ.ނަމަވެސް ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ކައުންސިލުތަކުން ހުރަސް އަޅާނަމަ ރައްޔިތުންނަށް އެކަން ތަފުސީލުކޮށް، ކޮންމެ ހޯމަ ދުވަހަކު ސިލްސިލާކޮށް އެމަނިކުފާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދެއްވާނެ ކަމަށް، ރައީސް ވިދާޅުވި އެވެ."އަޅުގަނޑު ތަފުސީލުކޮށް ކިޔައިދޭނަން އެ ހަފުތާއެއްގެ ތެރޭގައި، ނޫނީ އެންމެ ފަހުން އެ ދިޔަ ދުވަސްކޮޅުގެ ތެރޭގައި، މިވެނި ސިޓީއެއްގެ ކައުންސިލުން މިހެން ކަންކަމަށް ހުރަސް އަޅައިފިކަން، އެހެންވީމާ އެޅި ހުރަހެއް ކިޔައިދޭނަން، ކިޔައިދީފައި ގާނޫނުގައި އޮންނަ ހަމަތަކުގެ މަތިން ދެން ކުރަންޖެހޭ މަސައްކަތެއް ކޮށްގެންވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ހިދުމަތްތައް ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިއަށްކަން ކައުންސިލުން ހުރަސް އެޅިޔަސްވެސް، އެ ޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް ދެން،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވި ގޮތުން:ރައްޔިތުން ވޯޓުދިނީ ކައުންސިލާ ހަވާލުވާ ދުވަހުން ފެށިގެން ޒިންމާދާރު މަސަައްކަތްތަކެއް ކުރަންއޭގެ ކުރިން ވެސް ރައްޔިތުން އިންތިހާބީ މެމްބަރުންގެ ކިބައިން އުންމީދުކުރާނީ އަހުލާގީ ރީތި މިސާލުތައް ދައްކަންއެކަމަކު މި ފެންނަނީ އިދިކޮޅު ފިކުރުގެ ކިބައިން އަބަދު ވެސް ފެންނަ މަންޒަރު؛ ގައުމެއް، ދީނެއް، މިއްލަތެއް އެ މީހުން އިސްނުކުރޭއެހެންވީމާ ގައުމާއި ދީން ދެކެ ލޯބިވާ، ހަމަ ވިސްނޭ ރައްޔިތުން މިކަންކަމާ ވިސްނަންޖެހޭރައްޔިތުންނަށް ހިދުމަތް ކުރަން ކޮންމެ ޕާޓީއަކުން ހޮވުނު މީހަކަސް އިސްކުރަންޖެހޭނީ ޕާޓީގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތުގައުމާއި ދީނާ ހިލާފަށް ޕާޓީގެ ފިކުރު ދާ ނަމަ، އެ ޕާޓީއެއް ދޫކޮށްލަން ޖެހޭނެގައުމުގެ ކަންކަން އެންމެ ރަނގަޅުގޮތުގައި ކުރިއަށްގެންދިއުމަށް ރައްޔިތުންވެސް ގައުމު އިސްކުރުމަށް އެދިވަޑައިގަންނަވަމުން ރައީސް ވަނީ ކައުންސިލްތަކުން ރައްޔިތުންގެ ހައްޤުގައި ކުރާ ކަންކަމަށް އެއްބާރުލުން ދިނުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ