ޗައިނާގެ އެހީގައި މާލޭގައި 500 ހައުސިން ޔުނިޓު ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިނފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނީ، އެ އެއްބަސްވުމުގައި ސޮއިކުރީ ބެއިޖިންގްގައި މިމަހުގެ 21 އިން 22 އަށް ބޭއްވި ”ތާޑް ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯ ޝެއާޑް ޑިވެލޮޕްމަންޓް“ ފޯރަމްގެ ހަވާސާގައި ކަމަށެވެ.
އެ މަޝްރޫއަކީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ އިންޓްރެސްޓް-ފްރީ ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޯއާމް މުހައްމަދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) ގެ ވައިސް ޗެއާމަން ލިއު ޖުންފެންގް އެވެ.
އޭގެ އިތުރުން، ހައުސިން މިނިސްޓްރީން ފާހަގަކުރި ގޮތުގައި އެ ދަތުރުގެ ތެރެއިން ސީއައިޑީސީއޭ އާއެކު ބޭއްވުނު ބައިލެޓަރަލް ބައްދަލުވުމެއްގައި، ޗައިނާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދާ އެކި މަޝްރޫއުތަކާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ޗައިނާގެ އެހީގައި މާލޭގައި 500 ހައުސިން ޔުނިޓު ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ