ސުޕްރީމް ކޯޓުގެ ހުކުމާ އެކު ހުސްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރަން، ވެރިކަންކުރާ ޕީއެންސީގެ ޓިކެޓު އެ ގޮނޑީގައި ކުރިން އިންނެވި މުހައްމަދު ސިނާން މިއަދު ކަށަވަރުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ސިނާންގެ ގޮނޑި ގެއްލުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ލޯނަކަށް ފައިސާ ނުދައްކާ އޮތް މައްސަލައެއްގަ އެވެ.
މެންބަރެއްގެ ގޮނޑި ގެއްލޭތާ 60 ދުވަސް ތެރޭ ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.
ތަފްސީލް - މި ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރައިމަރީގައި ސިނާންގެ އިތުރުން ވާދަކުރެއްވީ، ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.
މިއަދު ނެގި ވޯޓުން:
ސިނާނަށް 226 ވޯޓު ލިބިވަޑައިގެންނެވި
ސައީދަށް 187 ވޯޓު
މި ޕްރައިމަރީން ސައީދަށް ނާކާމިޔާބީއާ ކުރިމަތިވިއިރު، މި މަހު އޮތް ކައުންސިލް އިންތިހާބުގައި މިހާރު ހުންނެވި ކައުންސިލުގެ ގޮނޑި ވެސް އޭނާއަށް ވަނީ ގެއްލިފަ އެވެ.
އެނގުން މުހިންމު - މި ދާއިރާއަށް މެމްބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން އޮންނާނީ 6 ޖޫންގަ އެވެ.
މި ބައި އިލެކްޝަންގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. އިތުރު މީހަކު ކުރިމަތިލާފައިނުވާތީ، ސޯދިގަށް މި ޓިކެޓު ލިބިފައިވަނީ ޕްރައިމަރީއަކާ ނުލަ އެވެ.
ގެއްލުނު މަޖިލިސް ގޮނޑިއަށް ވާދަކުރަން ޕީއެންސީގެ ޓިކެޓު ސިނާނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ