މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
އާދަމް އާޒިމަށް މީހަކު ހަމަލާ ދިނީ އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ޗީފް ގަވަންމަންޓް ސްޕޯކްސްޕޯސަން މުހައްމަދު ހުސައިން ޝަރީފް މީޑިއާއަށް ދެއްވި ބަޔާނުގައި ވިދާޅުވީ މި ހާދިސާ ހިނގާދިޔަ ފަހުން މިހާތަނާ ޖެހެންދެންވެސް އެމްޑީޕީގެ ފަރާތުންވެސް ނުވަތަ މާލެ ސިޓީ ކައުންސިލުންވެސް މިކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.
އެކަމާ ހިތާމަ ކުރައްވާ ކަމަށާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ މަސްއޫލިއްޔަތު މަތިކޮށްފައިވާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު މިފަދަ ހާދިސާތައް އެ ފަރާތަށް ރިޕޯޓުނުކުރުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅޭ ހުރަހަކަށްވުމުގެ އިތުރުން އެއީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ މީސް މީޑިއާއިން މި ހަމަލާގެ ވީޑިއޯ ފުލުހުންނަށް ފެނުނު ހިސާބުން ފުލުހުން އަމިއްލަ އިސްނެގުމުގެ މަތިން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ހަމަލާއަކީ ސަރުކާރުން ރާވައިގެން ދިން ހަމަލާއެއް ކަމަށް އާޒިމް ވަނީ ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް ތަރުޖަމާނު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި މިފަދަ ދޮގު ތުހުމަތު ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
އާޒިމަށް ހަމަލާ ދިން މައްސަލަ ތަހުގީގުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ