މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޭބަލަކަށް ގެއްލުންވެ ހުޅުމާލެ ދެވަނަ ފިޔަވަހީން މިއަދު ކެނޑުނު ކަރަންޓުގެ ހިދުމަތް އަލުން ދީފި އެވެ.
ވީ ކިހިނެއް؟ - ހިޔާގެ ހަތަރު ވަރަކަށް ޓަވަރުންނާއި، ވިނަރެސް އާއި އަމާން ދޯދި އަދި އަމާން އުދަރެސްގެ ބައެއް ޓަވަރުތައް ހިމެނޭހެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 2:30 ހާއިރު އެވެ.
ތަފްސީލް - ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތް ކެނޑުނީ، މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މަގެއް ކޮންނަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށެވެ.
މި ކޭބަލު މަރާމާތުކޮށް ކަރަންޓުގެ ހިދުމަތް އަލުން ދެވިފައިވަނީ، އިރުއޮއްސުނު ފަހުންނެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަގު ހެދުމުގެ މަސައްކަތުގައި ތަކުރާރުކޮށް ކޭބަލުތައް ބުރިވާތީ، މަގު ކޮނުމުގައި ސަމާލުވާން މީގެ ކުރިން ސްޓެލްކޯއިން އޮތީ އިލްތިމާސްކޮށްފަ އެވެ.
މިގޮތަށް ކޭބަލެއް ބުރިވެގެން މި މަހުގެ 12ގައި ވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ. އެފަހަރު ކަރަންޓު އަލުން ދޭން ނުވަ ގަޑިއިރު ހޭދަވި އެވެ. \
މިއިން ކޮންމެ ޓަވަރެއްގައި 20އަށް ވުރެ ގިނަ ފަންގިފިލާ ހުންނައިރު، ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު އެތައް ހާސް ބައެއްގެ ދިރިއުޅުމަށް ބޮޑެތި އުނދަގޫތަކެއް ދިމާވެ އެވެ.
މިއަދު ވެެސް ކަރަންޓް ކެނޑުނީ ކޭބަލެއް ބުރިވެެގެން؛ އަލުން ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ