ޗައިނާއިން ރާއްޖެއަށް ތެޔޮ އެކްސްޕޯޓްކުރަނީ
ޗައިނާއިން މެއި މަހު ތެޔޮ އެކްސްޕޯޓުކުރާ މިންވަރު އިތުރުކުރަން ނިންމާފައި ވާއިރު ހޮންކޮންގުގެ އިތުރުން އެހެން ސަރަހައްދުތަކަށް ވެސް ތެޔޮ ވިއްކާނެ ކަމަށާއި އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނޭ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފި އެވެ.ތެޔޮ ވިއްކަން ޗައިނާ އިން ހުއްދަ ދީފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް، މިޔަންމާ، ކެމްބޯޑިއާ، ލާއޯސް، ނިއުޒީލެންޑް އަދި އޮސްޓްރޭލިއާ ހިމެނެ އެވެ. ނަމަވެސް މިކަމާ ގުޅިގެން ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނާއި މިނިސްޓްރީ އޮފް ކޮމާސް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.ދިވެހި ސަރުކާރުން މީގެކުރިން ބުނި ގޮތުގައި މެދުއިރުމަތިން ރާއްޖެއަށް ތެޔޮ ގެނައުމަށް ދަތިތަކެއް ކުރިމަތިވެއްޖެނަމަ އެހެން ގައުމުތަކުން ރާއްޖެއަށް ތެޔޮ ގެނައުމަށް ވަނީ މަޝްވަރާކުރެވިފަ އެވެ. އެކަމަކު އެއީ ކޮން ގައުމުތަކެއް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.އެމެރިކާ އާއި އިރާން ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު މައްޗަށް ގޮސްފައިވާއިރު ތެޔޮ ލިބުމުގައިވެސް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ