ތަހުގީގަށް ނުފޫޒެއް ނުފޯރުވަން: އިހުސާން

އެއްވެސް ތަހުގީގަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮގީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ، ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިފައިނުވާތީވެ، އެބާރުގެ ބޭނުން ނުކުރައްވާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ތަހުގީގަކަށް، ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ހޯމްލޭންޑް މިނިސްޓަރު އިހުސާނު ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކޮށްފައިއެވެ.
އަހުމަދު އަބްދުﷲ ދީދީގެ ބަޔާނަށް ރައްދު ދެއްވައި ކުރި ޓްވީޓުގައި މިނިސްޓަރު އިހުސާން ވަނީ، އެމަނިކުފާނު ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ، އަހުމަދު އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނަވައި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވި ގޮތަކަށް ނޫންކަމަށް ވެސް ވިދާޅުވެފައެވެ. އަހުމަދު އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ދުވަސްވަރު ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ