ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖްލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއް ކަމަށް އިސްލަމިކް މިނިސްޓަރ ޑރ. ޝަހީމު ވިދާޅުވިޔަސް އެއީ ހަގީގަތެއް ނޫނެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއކުގައި ބޭއްވުމަކީ ދުނިޔޭގެ ތަހުޒީބު ބައެއް ގައުމުތަކުގައި މިހާރުވެސް އަމަލުކުރެވެމުންދާ އުސުލެއް ކަމަށް ޑރ. ޝަހީމު ވިދާޅުވާއިރު އެހެން އެކަން އޮތީ ކޮންގައުމެއްގައި ކަމެއް ޑރ. ޝަހީމަކަށް ވިދާޅެއް ނުވެވުނެވެ.
ވެރިކަމުގެ ނިޒާމުގެ ހަމަޖެހުމާއި ތަރައްގީއާއި ސިޔާސީ ނިޒާމުގެ މަސްލަހަތުގެ ނަޒަރުން ބެލިޔަސް މިއީ ރަނގަޅު ނިންމުމެއްކަމުގައި ޑރ. ޝަޙީމު ދެކިވަޑައިގަތަސް ރާއްޖޭގައި މިއޮތް ކަހަލަ ވެރިކަމުގެ ނިޒާމެއް އޮތް ތަހުޒީބު ގައުމެއްގައި ދެ އިންތިހާބު އެއްކޮށް ބާއްވަނީ ކޮންތަނެއްގައިތޯ އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ހިންގުމުގެ ނިޒާމަށް މީގެން އަންނާނެ ހެޔޮ ބަދަލު ކަމަށް ޑރ. ޝަހީމް ތިޔަ ވިދާޅުވަނީ ކޮން ކޮން ކަންތައް ތަކަކަށްތޯ ވެސް މީހުން ސުވާލު އުފައްދައެވެ.
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ވިސްނުމާއެކު ކުރިއަށް ވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް ޑރ. ޝަހީމު ގޮވާލައްވައިރު އަބަދު ރައީސް އައްޔަނުކުރާ މަގާމުގައި ހުންނަވައިގެން، ބާރުތައް ވަކިވެފައި މުސްތަގިއްލުކޮށް އޮންނަ މުއައްސަސާއަކަށް ގަދަރެއް އިހުތިރާމެއް ކުރައްވަން އެނގިނުލައްވާ “އައްޔަނީން” ނަކަށް، ދެ އިންތިހާބާއި ގުޅުންހުރި އެކަހަލަ މައްސަލަތަކުގައި ތައައްސުބެއް ނެތް ރައުޔެއް ނުދެއްވޭނެ ކަމަށް އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއެވެ.
ޑރ.ޝަހީމަށް ވައްޑެ: އައްޔަނީންނަކަށް ތައައްސުބެއްނެތް ރައުޔެއް ނުދެވޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ