ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބަށް ރަށްރަށަށް ދިޔުމަށް ގަަސްތު ނުކުރައްވާ ކަމަށް!

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.ސަރުކާރު ހިންގާ ޕީއެންސީން ބޭއްވި ދިވެހިންގެރާއްޖެ ތަރާވީހުގައި ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިހާބާ ދިމާކޮށް އެއްވެސް ރަށަކަށް ނުދާން ނިންމީ އިންތިހާބުތަކާ ދިމާކޮށް ރަށްރަށަށް ދިޔުމުގެ އެއްވެސް ނިޔަތެއް ނެތުމުން ކަމަށެވެ."އިންތިހާބަކާ ގާތްކޮށް އަޅުގަނޑު ބޭނުމެއް ނޫން ރައްޔިތުން ގާތަށް ދާކަށް. މިހާރު ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ގަސްތެއް ނުކުރަން ރަށްރަށަށް ދާކަށެއް. އަޅުގަނޑު ގަސްތެއް ނުކުރަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.ނަމަވެސް ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލް އިންތިހާބާާ ދިމާކޮށް ސަރުކާރުގެ ބޮޑު މަޝްރޫއެއް ނިމިގެން އެ ރަށުގެ ރައްޔިތުން އެކަން ފާހަގަކުރަން ދައުވަތު ދީފިނަމަ އެ ދައުވަތު ގަބޫލުކުރާނެ ކަމަށެވެ.ރައީސް ވަނީ ވެރިކަމާ ހަވާލުވެ ވަޑައިގަތްތާ ދެ އަހަރު ވުމުގެ ކުރިން، ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. މިކަން ރައީސް ވަނީ މިދިޔަ އަހަރު އޮކްޓޫބަރު 28 ވަނަ ދުވަހު ކ. ތުލުސްދުއަށް ކުރެއްވި ދަތުރުފުޅުގައި ފާހަގަކުރައްވައިފަ އެވެ.  ރައީސް އޮފީހުން އޭރު ބުނި ގޮތުގައި ތުލުސްދޫއަށް އެ ދުވަހު ކުރެއްވި ޒިޔާރަތާ އެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށްރަށާއި ސިޓީތަކަށް އެ މަނިކުފާނުގެ ވެރިކަމުގައި ވަޑައިގަނެނުވީ އެވެ. އަދި އެ މުއްދަތުގައި މި މުއްދަތުގައި 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރަތްކުރައްވާފައިވާ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ