ދިވެހީން މިވަޠަނުގައި ދިިރިއުޅޭތާ އެތައް ސަތޭކަ އަހަރު ވެފައިވާކަމަށް ހެކިދެނީ ދިވެހި ތާރީޚު ކަމަށާއި އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި، އަންނަން އޮތް ޒަމާންތަކުގައި އަޅުގަނޑުމެން ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީވެސް ދިވެހި ތާރީޚު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ޤައުމީ ތާރީޚުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، މާޒީގެ ވާހަކަތަކުގެ ޖުމްލަތަކާއި ތަސްވީރުތަކާއި ޤަދީމީ އާސާރުތަކުން އެތައް ވާހަކަތަކާއި އިބްރަތްތަކާއި ޙިކްމަތްތައް ލިިބިގެންދާކަމަށް ވިދާޅުވިއެވެ. އަދި، ދިވެހިން މި ފަޚުރުވެރި ޤައުމުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރު ވެފައިވާކަން ތާރީޚުން ހެކިދޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަަމައެހެންމެ، އަންނަން އޮތް ޖީލުތަކަށް މިނިވަން، އަމިއްލަވަންތަ ޤައުމެއްގެ ގޮތުގައި އޮތުމަށް އޮތް އެންމެ ބޮޑު ސަބަބަކީ ދިވެހި ތާރީޚު ކަަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކޮށް، ތާރީޚާއި ތަރިކައިގެ އިލްމު ފުޅާކޮށް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް ފައްޓަވާފައެވެ.
އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި، އަންނަން އޮތް ޒަމާންތަކުގައި ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީ ދިވެހި ތާރީޚުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ