ޭޭއޭއައިއޭ ރެގިއުލޭޓް ކުރަން ބިލެއް ހުށަހަޅަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓް ކުރަން ހާއްސަ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ވަންނަމުން އަންނަ އިރު އޭއައި އަކީ ބަލައިގަންނަ އެއްޗަކަށް ވާން ޖެހޭ ކަމަށެވެ.
އޭއައި ރެގިއުލޭޓް ކުރަން ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އިރު، މި އަހަރު ދެއްވި ރިޔާސީ ބަޔާންގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ބެހޭ ބިލަކާއި، ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލަކާއި، ސައިބަ ސެކިއުރިޓީއާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަދި އެ ތިން ބިލު ހުށަހަޅުއްވާއިރު އޭއައި ގުޅޭ ބިލެއް ވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ގޮތެއްވިޔަސް ޑިޖިޓަލައިޒޭޝަނަށް ދާއިރު އަޅުގަނޑުމެން ސަފުގައި ކުރީގައި ތިބޭ ކަމަށްވަންޏާ އެމްބްރޭސް ކުރަން ޖެހޭ ކަމެއް އޭއައި އަކީ ރައީސް ވިދާޅުވި އެވެ. "އޭއައި އެމްބްރޭސް ކުރާއިރު އޭއައި އަކީ ޤާނޫނީ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރާ ނޫނީ އޭއައިއާ ގުޅޭ ކަންކަން ކުރެވިފައި އޮންނަ ކަމަކަށް ވާންޖެހޭ."
ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން "މޯލްޑިވްސް 2.0" ގެ ނަމުގައި ބޮޑު މަޝްރޫއެއް މިދިޔަ އަހަރު ލޯންޗްކޮށް، އޭގެ ދަށުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ